ޚަބަރު ސިޔާސީ

ރައީސްގެ ކެމްޕޭން ނިންމުމުގެ ޖަލްސާ އައްޑޫގައި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ އިންތިޚާބަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރައްވަމުން ގެންދަވާ ފޯރިގަދަ ކެމްޕޭން ނިންމުމުގެ ޖަލްސާ އޮންނާނީ އައްޑޫ ސިޓީގައި ކަމަށް އެމަނިކުފާނުގެ ކެމްޕޭން ޓީމުން ބުނެފިއެވެ.

Ads by Hajj Corporation

މި ޖަލްސާ އޮންނާނީ، މި މަހުގެ 26 ވަ ދުވަހުގެ ރޭ 20:30 ގައި އައްޑޫ ސިޓީގެ ސިޓީ ބާޒާރު ސަރަހައްދުގައި ކަމަށް ރައީސްގެ ކެމްޕޭން ޓީމުން މަޢުލޫމާތު ދެއްވައެވެ.

ރައީސް ޞާލިޙު ވަނީ މި މަހުގެ 13 އިން 15 އަށް ވެސް އައްޑޫ ސިޓީގައި ކެމްޕޭން ކުރައްވައިފައެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި މިއަދު އެމަނިކުފާނުގެންދަވަނީ ކ. އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރުކުރައްވާ ސަޕޯޓަރުންނާއި ބައްދަލު ކުރައްވަމުންނެވެ.

މިގޮތުން ގުރައިދޫ، ގުޅި އަދި ކާށިދޫ އަށް މިއަދު އެމަނިކުފާނުވަނީ ވަޑައިގަންނަވައިފައެވެ.

ރައީސް ޞާލިޙުގެ ކެމްޕޭން ނިންމުމުގެ ޖަލްސާ އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެމަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ގެންދަވަނީ އައްޑޫ ސިޓީއަށް ވަޑައިގެން އެސިޓީގެ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!