ޚަބަރު ސިޔާސީ

ރައީސް ނަޝީދަށް މަރުހަބާ ކިޔަން ނުކުތީ އެމްޑީޕީގެ އެންމެ 6 ވަރަކަށް މީހުން: ރޮޒައިނާ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ރޮޒެއިނާއާއި ފައްޔާޒް ، ކެންޕެއިންގައި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ކުރީގެ ރައީސް ނަޝީދު އައްޑޫ މީދޫ އަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ކިޔަން ނުކުތް މީހުންގެ ތެރެއިން ފެނުނީ މީދޫގެ އެމްޑީޕީއަށް ނިސްބަތްވާ އެންމެ 6 ވަރަކަށް މީހުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ފޯރިގަދަވެފައިވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ނަޝީދު އައްޑޫ ސިޓީގެ ހުޅުމީދޫއަށް ވަޑައިގެންނެވީ އިއްޔެ ހަވީރުއެވެ.

އެމަނިކުފާނު އެރަށަށް ވަޑައިގެން ސަޕޯޓަރުންނާއި ސަލާމް ކުރައްވަމުން ގެންދަވާ ވީޑިއޯއެއް ރީޓްވީޓް ކުރައްވާ ރޮޒައިނާ ވިދާޅުވީ އެކަމަނާ އެދާއިރާގެ މެމްބަރުކަން ކުރައްވާތާ 8 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާކަމަށާއި އެހެންޏާ އެމްޑީޕީ އިން ފެންނަ މީދޫގެ ބަޔަކު 6 މީހުން ފިޔަވައި އިތުރު މީހެއް އެވީޑިއޯއިން ނުފެންނަކަމަށެވެ.

"މީދޫ އެމްޑީޕީ 6 ވަރަކަށް މީހުން ހޯދާ ހޯދާވެސް މިފެނުނީ އަޅުގަނޑު އެމްޑީޕީ މީދޫ ދާއިރާގެ މެމްބަރުކަން ކުރާތާ 8 އަހަރަށްވުރެ ގިނަ ދުވަސްވީ އިރު އެހެންޏާ އެމްޑީޕީ އިން ފެންނަ މީދޫގެ ބަޔަކު 6 މީހުން ފިޔަވައި ތިތާކުން ނުފެނޭ. ޕީޕީއެމް ހާދަ ވަރެކޭ މިވަނީ އެމްޑީޕީ އިންތިހާބެއްގައި" ރޮޒައިނާ ވިދާޅުވިއެވެ.

މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތު ކައިރިވަމުންއަންނަ އިރު އައްޑޫއިން ރައީސް ނަޝީދަށް ހޫނު މަރުހަބާއެއް ކިޔާފައިވާކަމަށް ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ވަނީ ބުނެފައެވެ. އަދި އައްޑޫއަށް ފަހު އެމަނިކުފާނު ދެން ވަޑައިގަންނަވާނީ ފުއައްމުލަކަށް ކަމަށްވެސް އެޓީމުން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!