Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މަކަރާ ހީލަތުގެ މައްސަލައެއްގައި ދެ މީހަކު ހޯދަނީ

މަކަރާ ހީލަތުގެ މައްސަލައެއްގައި ދެ މީހަކު ހޯދަނީ
މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން، ފުލުހުން ދެ މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން މިއަދު ވަނީ އޭޓީއެމްއެއްގެ ތެރޭގައި ބަޔަކު ތިބި މަންޒަރު ފެންނަ ވީޑިއޯއެއް ޢާންމު ކުރައްވައިފައެވެ.
ފުލުހުން ވިދާޅުވީ، ވީޑިއޯއިން ފެންނަ ދެ މީހުންނަކީ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަޙްޤީޤަށް ހޯދަން ބޭނުންވާ ދެ މީހުން ކަމަށެވެ. ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އެއީ ކޮންބައެއްކަން ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ހާމަ ކުރައްވައެވެ. އެ މީހުންނާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް