Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެމްޑީޕީ އެކަނި ވެރިކަން ކުރާތަން ދެކެން ބޭނުން، އަދި އެކަން ކުރަން ދަތި: ރައީސް

އެމްޑީޕީ އެކަނި ވެރިކަން ކުރާތަން ދެކެން ބޭނުން، އަދި އެކަން ކުރަން ދަތި: ރައީސް

ވެރިކަމުގައި ކޯލިޝަނަކާއެކު މިވަގުތު އޮތް އެމްޑީޕީ އެކަނި އޮވެގެން ވެރިކަން ކުރާތަން ދެކެން ބޭނުންފުޅުވާ ކަމަށާއި ނަމަވެސް އަދި އެއީ އެ ޕާޓީއަށް އެކަނި ކުރަން ދަތި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީގައި ބޭއްވި ޕްރައިމަރި ކެމްޕޭން ޖަލްސާގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ މެންބަރުން އެމަނިކުފާނަށް ވޯޓު ދޭން ނިންމަނީ ގިނަ ސަބަބުތަކެއް ހުރެގެން ކަމަށެވެ. އެގޮތުން، މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނީ އެމަނިކުފާނު ހޮއްވަވައިގެންކަން އެ މެންބަރުންނަށް ގަބޫލު ކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

އެމްޑީޕީއަކީ އެންމެ ބޮޑު އަދި އެންމެ ގިނަ ބައެއްގެ ތާއީދު އޮތް ޕާޓީއަށްވި ނަމަވެސް އިންތިޚާބު ކާމިޔާބު ކުރަން 50 އިންސައްތައަށްވުރެ އިތުރަށް ވޯޓު ބޭނުންވާއިރު އަދި އެމްޑީޕީއަށް އެކަނި އެކަން ކުރެވެން ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. ކޯލިޝަނަކާއެކު މަސައްކަތް ކުރާއިރު ދޫ ދޭން ޖެހޭކަމަށާއި ނަމަވެސް އެމްޑީޕީއަށް އެއިން ލިބޭ އެތި މާބޮޑު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުވެސް ބޭނުން އެމްޑީޕީ އެކަނި ވެރިކަން ކުރާތަން ދެކެން. އެކަނި ސަރުކާރެއް އެކުލަވާލަން. ކޯލިޝަނެއްގެ ތެރެއިން ސަރުކާރެއް އެކުލަވާލާއިރު ދޫތަކެއް ދޭން ޖެހޭ. ނަމަވެސް އެއިން އަޅުގަނޑުމެންނަށް ލިބޭ އެތި މާބޮޑު. އަޅުގަނޑުމެންގެ މެނިފެސްޓޯ ބަރާބަރަށް އެބަ ތަންފީޒު ކުރެވޭ" ރައީސް ޞާލިހް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް