ދުނިޔެ

އިސްރާއީލުން ވަރުގަދަ ހަމަލާތަކެއްދީ، ފަލަސްތީނުގެ 10 މީހަކު ޝަހީދުކޮށްލައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިސްރާއީލުގެ ޔަހޫދީން، ފަލަސްތީނުގެ އުމުރުން ދުވަސްވީ އަންހެނަކު ހިމެނޭހެން، 10 މީހަކު ޝަހީދު ކޮށްލައިފިއެވެ.

Ads by Sosun Fihaara

މިއީ މިދިޔަ އަހަރު ކުރީކޮޅު އިސްރާއީލުން ހުޅަނގު އައްސޭރީގައި ދިން ހަމަލާތަކަށްވުރެ، ވަރުގަދަ ހަމަލާތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި އިސްރާއީލު ސިފައިން އެ ސަރަހައްދަށް ވަދެ ހިންގި އޮޕަރޭޝަނާ ގުޅިގެން ޝަހީދުވި ފަލަސްތީނުގެ ނުވަ މީހުން އުޅެމުން ދިޔައީ ޖެނިން ރެފިއުޖީ ކޭމްޕްގައެވެ.

އަދި ޝަހީދުވި 10 ވަަނަ މީހާއަށް އަމާޒުކޮށް، ޔަހޫދީން ބަޑި ޖަހާފައިވަނީ ޤުދުސްގެ އުތުރުގައި އޮންނަ އަލްރާމް އަވަށުގައެވެ.

ފަލަސްތީނުން "ގަތުލުއާންމެއް" ގެ ގޮތުގައި ސިފަކުރާ ޖެނިން ހަމަލާގައި އިތުރު 20 މީހަކު ވަނީ ޒަހަމްވެފައެވެ. މީގެ ތެރެއިން، ހަތަރު މީހެއްގެ ހާލު ސީރިއަސްއެވެ.

މަރުވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ އަންހެނަކު ވެސް ހިމެނޭ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެއެވެ. ޖެނިން ހޮސްޕިޓަލްގެ އޮފިޝަލުން އޭނާ އަކީ މަގްދާ އޮބައިދު ނަމަކަށް ކިޔާ މީހެއް ކަމަށެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!