ޚަބަރު ސިޔާސީ

ހޯނޑެއްދޫގައި ހަމަނުޖެހުން ހިންގީ ދަރިފުޅުގެ ނަމުގައި މަންމަ ވޯޓު ލުމުންކަން ހާމަވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
Hoandehdhoo gai hamanujehun hingee dharifulhuge namugai mamma vote lumun kan haama vejje

މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ގދ. ހޯނޑެއްދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް ދަރިފުޅުގެ ނަމުގައި މަންމަ ވޯޓުލީ މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by Allied

ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހޯނޑެއްދޫ ވޯޓު ފޮއްޓަށް ވޯޓާސް ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލާފައިވާ ކަމަށެވެ. އަދި ވޯޓު ލުމުގެ ކުރިން ކައިރީ ހުރި މީހާއަށް ވޯޓު ކަރުދާސްވެސް ދައްކާފައިވާ ކަމަށެވެ.

ފިރުޝާންގެ ޓްވީޓުގައި ވަނީ ވޯޓު ލާފައިވަނީ މާލޭގައި ހުރި ދަރިފުޅުގެ ނަމުގައި އޭނާގެ މަންމަ ކަމަށާއި، މި މައްސަލަ ފެންމަތިވުމާއެކު ހޯނޑެއްދޫގައި ވޯޓުލުން ކުރިއަށްގެންދިއުން ހުއްޓާލާފައިވާ ކަމަށެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު، ކުދި ހަމަނުޖެހުންތަކާއެކު، އިދާރީ ގިނަ މައްސަލަތަކެއްވެސް ދަނީ ފެންމަތި ކުރަމުންނެވެ.

 

 

Ads by Allied Insurance
  1. ސަންފަ

    މާލޭގައި ހުރިއްޔާ މާލޭ ފޮއްޓަށް ވޯޓުލެވޭނެތާ