ޚަބަރު ސިޔާސީ

ވޯޓް ފޮށި ފަޅާލައިގެން ރައީސް ނަޝީދުގެ ދެ އޮބްޒާވަރަކު ހައްޔަރުކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ތ. މަޑިފުށީފައި ފަޅާލި ވޯޓްފޮށި. އެރަށުގައި މިހާރު ވޯޓްލުން ކުރިޔަށް ގެންދަނީ ދަގަނޑު ފޮއްޓެއްގައި.. ފޮޓޯ: އަދަދު

ގދ. ރަތަފަންދޫ ވޯޓު ފޮށި ކައިރީގައި ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ތިބި އޮބްޒާވަރުންނާއި އެމަނިކުފާނުގެ މަންދޫބުވެސް ހައްޔަރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ދާދި ދެންމެއަކު ހާމަކުރެއްވި ގޮތުގައި ރަތަފަންދޫގައި ބަހައްޓާފައިވާ ވޯޓު ފޮށިން ބޭރުގައި ހުރި ކަރުދާސްތައްވެސް ހޮވައި ވޯޓު ފޮއްޓަށް ވަނީ އަޅައިފަ އެވެ. އަދި އޮބްޒާވަރުން ހައްޔަރު ކުރީ މި ހަމަނުޖެހުމުގެ ތެރެއިން ކަމަށްވެސް އީވާ ވިދާޅުވި އެވެ.

"މިވަރު ވީމާވެސް މައްސަލަ ނުބެލޭ" އީވާ ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ނަޝީދުގެ މަންދޫބު ހައްޔަރު ކޮށްފައިވާކަން އީވާ ވަނީ ހާމަކޮށްފަ އެވެ. ވިދާޅުވީ މިދާވަރުން ދާނަމަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އޯޑަރަށް ރައީސް ނަޝީދުވެސް އަދި ހައްޔާރު ކުރާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޮބްޒާވަރުންނާއި މަންދޫބުން ހައްޔަރު ކުރީ ވޯޓު ފޮށި ފަޅާލައިގެންނެވެ.

އެމްޑީޕީ ޕްރައިމަރީގެ ގިނަ ވޯޓު ފޮށިތަކެއްގެ ކައިރީގައި ހަމަނުޖެހުން ހިންގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ބައެއް ވޯޓު ފޮއްޓަށް ވޯޓު ލެވޭ މީހުން ލިސްޓުގައި ނަން ނެތް މީހުންވެސް ވޯޓު ލަމުން ދާކަމުގެ ޝަކުވާތަކެއް އަންނަނީ ފެންމަތިވަމުންނެވެ.

މިއަދު މެންދުރު ގައްދޫ އިންތިހާބު މަރުކަޒުގައި ހަމަނުޖެހުން ހިންގައި އެތަނުގައި ބަހައްޓާފައި ހުރި ފޮށިވެސް ވަނީ ފަޅާލައިފަ އެވެ. އެރަށުގެ ވޯޓާސް ލިސްޓު އިރާލައި ވޯޓު ކަރުދާސްތައްވެސް ވަނީ ވީދައި ކުދިކޮށްފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!