Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ސަރުކާރު

އަލީ ޞާލިޙު ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް

އަލީ ޞާލިޙު ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ އިސް ތަރުޖަމާނު އަދި އެންވަޔަރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޞާލިޙު، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރައްވައިފިއެވެ.

އަލީ ޞާލިހަށް އެ މަޤާމު ދެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާ ކުރިން ހުންނެވީ ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައެވެ. އަލީ ޞާލިޙާއެކުގައި ޓްރާންސްޕޯޓް މިނިސްޓްރީގައި ދެ ސްޓޭޓް މިނިސްޓަރުން ތިއްބަވާނެއެވެ.

އަލީ ޞާލިޙަކީ މީޑިއާއާ ގާތް ގުޅުމެއް ބާއްވަވަމުން ގެންދަވާ ބޭފުޅެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް