އަންނަ ހަފްތާގެ ހޯމް ދުވަސް ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ މި އަހަރުގެ ފެބުރުއަރީ މަހުގެ 6 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފައިވާ ކަމަށެވެ.
މިދުވަސް ސަރުކާރު ބަންދު ދުވަހެއްކަމުގައި ހަމަޖެއްސެވީ ރައީސް ޞާލިޙް ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށް ހަމަޖައްސަވާފައިވާތީއެވެ.
Ads by Allied Insurance