ވެރިކަން ކުރާ މައި ޕާޓީ އެމްޑީީޕީ ދޫކުރައްވައި، އެެެހެން ސިޔާސީ ޕާޓީއެއް އުފައްދަވަން ނޫޅުއްވާ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެވެސް ރައީސްގެ މަޤާމުގައި ހުންނެވި ނަޝީދު މިހެން ވިދާޅުވެފައިވަނީ ދިވެހި ޗެނަލަށް ދެއްވި ބަސްދީގަތުމެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީ އުފެއްދެވުމަކީ ވަރަށް ރަނގަޅަށް ކުރެއްވުނު ކަމެއް ކަމަށާއި، އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އެމަނިކުފާނުވެސް އުޅުއްވި ކަމަށެވެ.
"މި ޕާޓީ ފަނޑުވެ އެއްވެސް ނުދާނެ. މި ފިކުރެއްވެސް ނުގެއްލޭނެ."
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، އެމްޑީޕީ ފަނޑު ނުވެ އޮތަސް، އެ ޕާޓީއަށްވެސް ތަފާތު ގޮންޖެހުންތައް ކުރިމަތިވާނެއެވެ. ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި ސިޔާސީ ޕާޓީތައް ހިނގަމުން އަންނަ ގޮތް، އެމަނިކުފާނު ބައްލަވާ ހައްދަވާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އިނގެރޭސި ވިލާތުގެ ލޭބަރ ޕާޓީވެސް ބައިބައިވި ކަމަށެވެ. އެހެންކަމުން، ފެކްޝަނަށް އިންކާރު ނުކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އެމްޑީޕީ ތެރޭގައި ހަމަ ގައިމުވެސް ދެ ފެކްޝަން އެބައޮތް. އެ ދެ ފެކްޝަން، ދެން އަޅުގަނޑު ދެކޭގޮތުގައި އެމްޑީޕީގެ ޗެއާޕާސަން އަކީ ކުޅަދާނަ މީހެއް. އޭނައަށް އިނގެންޖެހޭނެ ދެ ފެކްޝަން ގެންގުޅެން. އިނގޭނެވެސްމެ."
"ފިކުރެއްގެ ދިރުން" ފެކްޝަނުގެ "އަދަދު" މިހާރު ސާފުވާނެކަން ފާހަގަކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ އޭގެ މައްޗަށް ޢަމަލު ކުރަންވެސް ޖެހޭނެ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއިރު، އެމަނިކުފާނު ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކުގައި، އެމްޑީޕީއަށް މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
އިންތިޚާބުން ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހުގައި، ރައީސް ނަޝީދު މަސައްކަތްކުރައްވަމުން އަންނަނީ "ފިކުރެއްގެ ދިރުން" ނަމުގައި ގޮފިތަކެއް އުފެއްދެވުމަށެވެ. އެ ގޮފިތަކަށް 50،000 މީހުން ހަމަކޮށް، އެމްޑީޕީން ތާއީދުކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕާޓީގައި57200މީހުންތިބިއިރު ނަޝީދަށްފެންނަކޮއްމެގޮތަކީރަނގަޅުގޮތްކަމަށްވާއިރު އެހެންމީހުންގެޙައްޤުތައްކޮބައިތޯއެވެ ނަޝީދުދަސްކުރިޔޫރަޕުގެ ޑިމޮގްރަސީއަކީއެއީތޯއެވެ އަމިއްލައެދުންބޮލްށްއެރިމައި ކޮއްމެމީހެކަށްވެސްގޮވޭނީ ކޮސް ނުވަތަމޮޔަ
މޮޔަނުގޮވާ. އެހެންގައުމުތަކުގަ ކަންތައްހިނގާގޮތް އެނގޭނަމަ އިންތިޚާބަށްކުރިމަތިވެސް ނުލާނެ. ރިޔާސީ ނިޒާމުގަ އޮންނަނީ ރައީސަކަށް ހުންނަމީހަކަށް ދެވަނަ ދައުރެއްދޭން.