ޚަބަރު އިޖުތިމާޢީ

އަގުހުރި އިނާމްތަކަކާއެކު އެސްޓީއޯ މަކިޓާ ޝޯރޫމާއި ނިޕޯން ރަމަޟާން ބާޒާރު ފަށައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެސްޓީއޯ މަކިޓާ ޝޯރޫމްއާއި ނިޕޯން ރަމަޟާން ބާޒާރު 1 ފެބްރުއަރީ 2023 ބުދަ ދުވަހު ވަނީ ފަށައިފައެވެ.

Ads by STELCO

މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރ، އެނަރޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސް، މުޙައްމަދު އީމާންއެވެ.

އެސްޓީއޯ އިން ބުނީ، މަކިޓާ ޝޯރޫމްގައި ރަމަޟާން ބާޒާރު ކުރިޔަށްދާނީ 1 ފެބްރުއަރީ އިން 29 އެޕްރީލްއަށް ކަމަށާއި، ނިޕޯން ރަމަޟާން ބާޒާރު ކުރިޔަށްދާނީ 1 ފެބްރުއަރީ އިން 29 އެޕްރީލްއަށް ކަމަށެވެ.

މި ޕްރޮމޯޝަންގައި ލަކީ ޑްރޯ އެއް ކުރިޔަށްދާނެއެވެ. އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ކުރައްވާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭއިރު، އެސްޓީއޯ މަކިޓާ ޝޯރޫމް އިން ކުރައްވާ ކޮންމެ ވިޔަފާރިއަކަށާއި، ނިޕޯން ޝޯރޫމުން ކުރައްވާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށްވެސް ކޫޕަނެއް ލިބޭނެއެވެ.

 

 

އެސްޓީއޯ މަކިޓާ ޝޯރޫމްގެ ރަމަޒާން ބާޒާރުގެ ގްރޭންޑް ވިނަރ އަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިހި ހާސް ރުފިޔާގެ އަގުހުރި މުދާ ލިބޭނެއެވެ.

ނިޕޯން ރަމަޟާން ބާޒާރުގެ ގްރޭންޑް ވިނަރ އަކަށް ލިބޭނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިހި ހާސް ރުފިޔާގެ އަގުހުރި މުދަލެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!