ފޫހި ހަފްލާއަކާއިއެކު އޮލިމްޕަސް ފަންނާނުންނަށް، ބަދަލުތައް ވަރަށް ފުރިހަމަ

ރާއްޖޭގައި ހުރި އެންމެ ބޮޑު ސިނަމާ، އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށްފަހު އަލުން ހުޅުވައިފި އެވެ.
މިކަމަށްޓަކައި ހާއްސަ ހަފްލާއެއް ބޭއްވީ މިމަހުގެ 4 ވަނަ ދުވަހުގެ ރެއެވެ. 4 ގަޑިއެއް ހާއިރަށް ދެމިގެންދިޔަ އެ ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ދެކަނބަލުންނާއި ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ހަފްލާ ފެށިގެން ދިޔައީ މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) ގެ ފަރާތުން ދިން ސްޕީޗަކާއިއެކުއެވެ. ސްޕީޗު ދިނީ މަޝްހޫރު އެކްޓަރު މުޙައްމަދު މަނިކެވެ. އެއަށްފަހު ދެން އޮތީ މުނިފޫހިފިލުވުމުގެ ކަންކަމާއި ބެހޭ މުއައްސަސާގެ އިސްވެރިޔާ، ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫނުގެ ވާހަކަ ދެއްކެވުމެވެ.

އޮލިމްޕަސް ހުޅުވުމަށް ބޭއްވި ހަފްލާގެ ތެރެއިން
މީގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރުގެ ވާހަކަ ދެއްކެވުންވެސް ކުރިއަށް ދިޔައެވެ.
ކުރު އެނިމޭޓެޑް ފިލްމަކާއިއެކު ސިނަމާގެ ސްކްރީން ކޮލިޓީއާއި އަޑުގެ ކޮލިޓީ ދައްކައިލީ ދެނެވެ. މިއައިޓަމުން އޮލިމްޕަހަށް ގެނަސްފައިވާ ޒަމާނީ ތަރައްގީ ކިތަންމެ ރަނގަޅަކަށްވެސް ފެނިގެން ދިޔައެވެ. ސްކްރީން ބޮޑުކުރެވި ޕްރޮޖެކްޓަރު ވަނީ އަޕްގްރޭޑު ކޮށްފައެވެ. އަޑުވެސް ވަނީ ކުރިއަށްވުރެއް ރަނގަޅު ކޮށްފައެވެ.
އެއަށްފަހު ފެށިގެން ދިޔައީ މިޔުޒިކް ޝޯއެވެ. ކުރިއާ މިހާރުގެ ގިނަ ފަންނާނުންތަކެއްގެ ހުށަހެޅުންތަކެއް ހުށަހަޅައިދިންނަމަވެސް މި އައިޓަމް މާ ބޮޑަށް ދިގު ދެމިގެން ދިޔައެވެ. ގިނައިން ހުށަހަޅައިދިނީ އިހުގެ ލަވަތަކެވެ. އޭގެ ތެރޭގައި ހިންދީ، އިނގިރޭސި އަދި ދިވެހި ލަވަވެސް ހިމެނެއެވެ. ދިވެހި އަމިއްލަ އުފެއްދުންތަކަށްވުރެއް ނަކަލު ކޮށްފައިވާ ލަވަތައް ގިނައެވެ.
ދިގު މިޔުޒިކް ޝޯއަށްފަހު ދެން އޮތީ ފިލްމީ ފަންނާނުންގެ ސްޓޭޖު ޑްރާމާއެކެވެ. މި ޑްރާމާ ވަރަށް ފުރިހަމައެވެ. ކިޔައިދިނީ އޮލިމްޕަސްގެ ތާރީޚެވެ. އަދި ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާ ފެށިގެން އައި ގޮތެވެ. ޑްރާމާ ތަކުގެ ތެރޭގައި ނެށުމުގެ ހަރަކާތްތަކެއްވެސް ވަނީ ހުށަހަޅައިދީފައެވެ.

އޮލިމްޕަސް ހުޅުވުމަށް ބޭއްވި ހަފްލާގެ ތެރެއިން
އެއަށްފަހު ދެން އޮތީ އިންޑިއާ ކްލަސިކަލް ބޭންޑެއްގެ ހާއްސަ ހުށަހެޅުންތަކެކެވެ. ހުށަހަޅައިދިނީ ގަޒަލްތަކެކެވެ. މި އައިޓަމްވެސް ގާތްގަނޑަކަށް 45 މިނެޓެއް ހާއިރަށް ދިގު ދެމިގެން ދިޔައެވެ. 8:00 ގައި ރެޑް ކާޕެޓު ފެށުނު މި އިވެންޓު ނިމުނީ 12:30 ވަނިކޮށެވެ. ބައެއް އައިޓަމްތަކުގެ ފޯރި ގަދަ ނަމަވެސް ޖުމްލަކޮށް މުޅި ހަފްލާ ދިޔައީ ވަރަށް ފޫހި ގޮތަކަށެވެ.
އޮލިމްޕަސް ހުޅުވުމާއިއެކު އެންމެ ފުރަތަމަ އަޅުވަން ނިންމާފައިވަނީ ޑާކްރެއިން އެންޓަޓެއިންމެންޓުގެ ފީޗާ ފިލްމު "ބީވީމާ" އެވެ. ތަމަޅަ ފިލްމު "96" ނަކަލުކޮށްގެން އުފައްދާފައިވާ މި ފިލްމަކީ އަހުމަދު ޒަރީރުގެ ޑައިރެކްޝަނެކެވެ. ބީވީމާ އޮލިމްޕަސް ސިނަމާއަށް އަންނަނީ މިރެއެވެ.
ހަފްލާ ފަށަން ގުރުއާން ކިޔަވަދޭނެ މީހަކުވެސް ނުވި
މިހާ ފޫހި ގްރޭޑް ކަމަށް ބުނި އިވެންޓް އެއް އަދި ނުބަލަން. މުޅި ޝޯ ހަރާބް ކޮއްލީ ތިކަމާ ގުޅުމެއް ވެސް ނެތް ގޮތައް ބޭއް ވި އިންޑިޔާ ގެ އިވެންޓުންޓު ބައިން. އެ ބަލާފަ އިހުސާސްވި އިންޑިއާ އަށް އަޅުވެތި ވެވިފަ ވާވަރު. ): ):
މި ލިޔުން އަދިާ ފޫހި