Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

ޑިޖިޓަލް އައިޑީ ކާޑު އަންނަ މަހު ލޯންޗު ކުރަނީ

ޑިޖިޓަލް އައިޑީ ކާޑު އަންނަ މަހު ލޯންޗު ކުރަނީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ޑިޖިޓަލް ކާޑް އަންނަ މަހު ތައާރަފުކުރަން ހަމަޖެހިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ހިދުމަތް ލިބުމުގައި ރައްޔިތުންނަށް އޮތް އެންމެ ބޮޑު އެއް ތަކުލީފަކީ ކިޔުގައި ޖެހުމާއި، ފޯނު ނުނެގުމާއި، ޖަވާބެއް ނުލިބުމުގެ މައްސަލަ ކަމަށެވެ.

އަދި އެ ތަކުލީފަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، އަންނަ މާޗް މަހު ޑިޖިޓަލް އައިޑީ ލޯންޗު ކުރެވޭނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ޑިޖިޓަލް އައިޑެންޓިޓީ ޕްރޮޖެކްޓްގެ ތެރެއިން ޙާޞިލުވާނެ ކަންކަމުގެ ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމެއް ޤާއިމުކުރުމާއި ސްމާޓް ފޯނުތަކުގައި ބޭނުންކުރެވޭ ޑިޖިޓަލް އައިޑެންޓިޓީ އެޕްލިކޭޝަނެއް ތަޢާރަފުވުމާއި ބަޔޯ މެޓްރިކް އައިޑެންޓިޓީގެ ނިޒާމެއް ޤާއިމުވުމާއި ކޮންޓެކްޓްލަސް ސްމާޓް އައިޑެންޓިޓީ ކާޑެއް ތަޢާރަފުކުރުން ހިމެނެއެވެ.

މި ނިޒާމުގެ ދަށުން އައިޑެންޓިޓީގެ ވެރިފަރާތް ބާރުވެރިކުރުވައި އައިޑެންޓިޓީގެ ވެރިފަރާތާ ގުޅުން ހުރި ރަސްމީ މަޢުލޫމާތު އެފަރާތެއްގެ ރުހުމާ އެކު ފޯރުކޮށްދޭ ޕްލެޓްފޯމެއްގެ ގޮތުގައި ޤާއިމްވެގެންދާނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް