ޚަބަރު ސިޔާސީ

ތަކުރާރުކޮށް ވިޕް ލައިނާ ޚިލާފްވުމުން، ބޮންޑޭއަށް ފިޔަވަޅު އަޅައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ނެރުނު ތިން ވިޕް ލައިނަކާ ޚިލާފުވުމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)އަށް އެ ޕާޓީން ފިޔަވަޅު އަޅައިފިއެވެ.

Ads by MWSC

އެމްޑީޕީން ބޮންޑޭ އާމެދު ފިޔަވަޅު އަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި މަޖިލީހަށް ހުށައެޅި 3 ބިލެއްކަމުގައިވާ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލް، މިދިޔަ އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓު އަދި މި އަހަރަށް ލަފާކުރާ ބަޖެޓަށް ވޯޓު ދިނުމުގެ ވިޕް ލައިނާ ހިލާފު ވުމުގެ ސަބަބުންނެވެ. މިގޮތުން ޕާޓީން ބޮންޑޭއަށް ދޭ އިނާޔަތްތައް ވެސް އިއްޔެ ވަނީ ކަނޑާލާފައެވެ.

މި ބިލްތަކަށް ވޯޓުލުމަށް ނެރުނު ވިޕްލައިނާ ޚިލާފުވުމުން އޭނާއަށް ވަނީ ތިން ފަހަރެއްގެ މަތިން ސިޓީ ފޮނުވާ ފިޔަވަޅު އަޅައިފައެވެ.

އެގޮތުން އެންމެ ފުރަތަމަ ޓެކްސް ބޮޑުކުރާ ބިލްގެ ވިޕްލައިނާ ޚިލާފުވުމުން މިދިޔަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އޭނާއަށް ފޮނުވި ސިޓީގައި ވަނީ ވިޕްލައިނާ ޚިލާފު ނުވުމަށް ނަސޭހަތްތެރި ވެފައެވެ.

ސަޕްލިމެންޓަރީ ބަޖެޓާ ގުޅޭގޮތުން އޭނާއަށް ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ދެނަވަ ފަހަރަށް ނަސޭހަތްތެރިވެ މަޢާފަށް އެދުމަށް ދަންނަވައިފައެވެ. އަދި ތިންވަނަ ފަހަރަށް ވިޕްލައިނާ ޚިލާފުވުމުން ހަމަ އެދުވަހު ވަނީ އޭނާއަށް ޕާޓީން ދޭ އިނާޔަތްތައް ކަނޑާލަން ފިޔަވަޅު އަޅާ ކޮމިޓީން ވަނީ ޕާޓީގެ ޗެއާޕާސަންއަށް އަންގައިފައެވެ.

ބޮންޑޭ އަކީ އެމްޑީޕީގެ މެމްބަރެއް ނަމަވެސް އޭނާ ތާއީދު ކުރައްވަނީ ރައީސް ނަޝީދަށެވެ. އެހެންކަމުން އޭނާ ދަނީ ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ތަކުރާރުކޮށް ފާޑުވިދާވަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!