Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮވިޑް ދިފާޢު: ރާއްޖެއިން 101،000 އަށްވުރެ ގިނަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފި

ކޮވިޑް ދިފާޢު: ރާއްޖެއިން 101،000 އަށްވުރެ ގިނަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފި

ކޮވިޑުން ރައްކާތެރިވުމަށް ވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ރާއްޖެއިން 101،000 މީހުން ފުރިހަމަ ކޮށްފިކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި އިއްޔެ 4،007 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފައި ވެއެވެ. 1،278 މީހުން އިއްޔެ ފުރަތަމަ ޑޯޒް ޖަހައިފައި ވެއެވެ.

މާލެ ސަރަޙައްދުގައި އިއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައި ވަނީ 526 މީހުންނެވެ. އަދި ދެވަނަ ޑޯޒް ޖަހައިފައި ވަނީ 2،083 މީހުންނެވެ.

Advertisement
Ooredoo — Square (box)

އަތޮޅުތެރެއިން އިއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައި ވަނީ 752 މީހުންނެވެ. އަދި ދެވަނަ ޑޯޒް ޖަހައިފައި ވަނީ 1،924 މީހުންނެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި މިހާރު ދެމުން ގެންދަނީ ތިން ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާކުރި އަސްޓްރާޒެނެކާ ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކޮށްފައިވާ ސިނޮފާމް ވެކްސިންގެ އިތުރުން ބަޔޮއެންޓެކް ފައިޒާ ވެކްސިނެވެ.

މީގެތެރެއިން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ނިންމައި މިހާރު ދެނީ ދެވަނަ ޑޯޒެވެ. ސިނޮފާމްގެ މިހާރު ދެނީ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒެވެ. އަދި ފައިޒާ ވެކްސިން ދެނީ ރިސްކް ހައި މީހުން ފަދަ ޚާއްޞަ ފަރާތްތަކަކަށް އެކަންޏެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް