ވާހަކަ

މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

ހިންދިރުވައިލި ދާމިންގެ އަޑު ކުރެހިގެން ދިއުމާއެކު އޭނާ ވާހަކަދެއްކުން ހުއްޓައިލިއެވެ. އަދި ރުޅިވެރި ނަޒަރަކުން ލީމްއަށް ބަލައިލަމުން އޭނާއަށް ފުރަގަސް ދިނުމަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި އެތަނުން ނުކުންނަން ހުރި ގޭޓާ ދިމާއަށް ހިނގައިގަތެވެ. އެތަންފެނި ދެފަރާތަށް ބޯހޫރައިލަމުން ދާމިންގެ ފަހަތުން ލީމް ދުއްވައިގަތެވެ. އެދިމާއަށް އޭނާ އަތްދިއްކޮށްލި ގޮތުން ދާމިން ގާތުގައި މަޑުކުރުމަށް އެދުނު ކަހަލައެވެ.

Ads by STELCO

ފުރަގަސްދެމުން ހިނގައިގަތް ދާމިންއަށް އެއިން އެއްވެސް މަންޒަރެއް ނުފެނެއެވެ. ފަސްއެނބުރި އެންމެ ފަހަރަކު ނަމަވެސް ބަލައިލާކަށް އޭނާގެ ޟަމީރު އެއްބަހެއް ނުވިއެވެ. ހަޔާތުގައި ދުވަހަކުވެސް މީހަކު އޭނާ ހިތުނުޖައްސާ ވަރަށް މިރޭ ލީމް އޭނާގެ ހިތުގައި ޖައްސައިފިއެވެ. އެފަދަ ގޮތަކަށް އޭނާ ވީ ލޯތްބާއި ކުރި އިތުބާރު ވެއްޔާ މޮޑެވިގެން ހިނގައިދާނެ ކަމަކަށް ފަހަރެއްގައިވެސް އޭނާ ހިއެއްނުކުރެއެވެ. އެހެނަސް ލީމް އޭނާގެ ހިތް ހަލާކުކޮށްލައިފިއެވެ. ދުވަހަކުވެސް އެހެން މީހަކަށް އިތުބާރު ނުކުރެވޭ ވަރަށް އެހިތް ޒަޚަމް ކޮށްލައިފިއެވެ. ވީއިރު އެފަދަ އަނިޔާވެރިއަކަށް މަޢާފުކުރާނީވެސް ކިހިނަކުން ހެއްޔެވެ.

ގޭޓުން ނުކުތް ދާމިންގެ އަތުގައި މީހަކު ހިފައި ބާރުކޮށްލުމުން އޭނާގެ ފިޔަވަޅުތައް މަޑުޖެހިލިއެވެ. ކަރުނުން ބަރާވެފައިވި ދެލޮލުން އޭނާއަށް ބަލަން ހުރި ލީމް ފެނުމާއެކު ދާމިންގެ ކަތުރުކަށިގަނޑަށް ވާންވެލިއެވެ. ރުޅިވެރި ނަޒަރަކުން ބަލައިލަމުން ލީމްގެ އަތް އޭނާ ފޮޅުވައިލީއެވެ. އަތުގެ އިޝާރާތުން ކޮންމެވެސް އެއްޗެކޭ ބުނުމަށް ލީމް މަސައްކަތްކުރިއެވެ. ނަމަވެސް އެއިން ކަމަކަށް ފަރުވާލެއްނުދީ ދާމިން އުޅުނީ އަނެއްކާވެސް ކުރިއަށް ހިނގައިގަންނާށެވެ. ދެންވެސް ދާމިންގެ އަތުގައި ހިފަމުން ލީމް އޭނާ ހުއްޓުވިއެވެ.

"ކިހާ ދެރަކަމެއް.. ވާހަކަނުދެއްކޭތާ ލީމްގެ ކަންފަތްވެސް ބީރުވީތަ.. ބުނެފީމެއްނު އެއްވެސް ގުޅުމެއް ބާއްވާކަށް ބޭނުމެއް ނޫނޭ.. މިއަދަކު ނޫނެއްނު އަހަރެންގެ ފަހަތުން އައިސް އަހަންނަށް ކަންތައް އޮޅުންފިލުވާދެން މަސައްކަތްކުރަންވީކީ.. ޔޫ ރުއިންޑް ދިސް.. ތެދެއް ބުނަންތަ.. އެންމެ ފުރަތަމަ ދުވަހުވެސް އަހަންނަށް ހުރިހާ ވާހަކަތަކެއް ކިޔާދިންނަމަ.. އަހަރެން ލީމް ބަލާގަތީމުސް.. ލީމް ދެކެ އަހަރެން އެ ދަރަޖައަށް ލޯބިވީން.. އެކަމަކު.. މިހާރު.. މާ ލަސްވެއްޖެ.. އަހަރެންގެ އިހުސާސުތަކާ ކުޅުނު މީހަކަށް ދުވަހަކުވެސް މަޢާފެއް ނުކުރެވޭނެ.. ދޭ.. އަހަންނާ ދުރަށް ދާންއުޅޭ.." އަތުގެ އުޅަނބޮއްޓާ ދިމާލުން ވަށައިލެވިފައިވި ލީމްގެ އަތްތިލަ ނައްޓައިލަމުން ދާމިން ބުނެލިއެވެ. އެއަޑުގައި އޯގާތެރިކަމުގެ އެއްވެސް އަސަރެއް ނެތެވެ. ހަރުކަށިކަން ދާމިންގެ މުޅި ނަފުސު ވަށައިލައިފައިވީ ކަހަލައެވެ.

ދާމިންގެ ދުލުން ނުކުތް ކޮންމެ ލަފުޒެއް ރުވާފައި އައި ތީރެއްހެން ލީމްގެ ހިތަށް ހެރި އެމަޑު ހިތް އިތުރަށް ޒަޚަމް ކޮށްލީއެވެ. ދާމިންގެ ދުލުން އެ ބޭރުވީ އޭނާގެ އިތުރު ސިއްރެއްކަން ޚުދު ދާމިންއަށް ވެސް ރޭކާނުލައެވެ. މީހާއަށް ހުއްޓުން އެރުމާއެކު ބޮޑުކޮށްލެވިފައިވި ދެލޮލުން ދާމިންގެ މޫނަށް ބަލަހައްޓައިގެން ލީމް އަށް ހުރެވުނީއެވެ. އިތުރަށް ދެމެދުގައި ދައްކާނެ ވާހަކައެއް ނެތްކަން ދާމިން ސާފުކޮށްދީފިއެވެ. ހިންދިރުވައިލުމާއެކު ލީމް ފަހަތަށް ފިޔަވަޅެއް އަޅައިލީ ދާމިން އެދުނު ފަދައިން އޭނާ ދުރަށް ދިއުމަށް ނިންމަނުންނެވެ. އެއާއެކު އެންމެ ސުކުންތުކޮޅެއްވެސް މަޑުކޮށްލުމެއްނެތި ހަރުކޮށް ހިނގައިފައި ގޮސް އެއްފަރާތުގައި ޕާރކް ކޮށްފައި އޮތް ކާރަށް ދާމިން އެރިއެވެ. ކާރުގޮސް ލޯ ކުރިމަތިން އޮބާލަންދެން ރޮވިފައި އޭގެއަށް ބަލަހައްޓައިގެން ލީމް ހުރީއެވެ. ހުރި ފިޔަވަޅުމަތިން ގުޑިލަންވެސް ނުކެރިފައި އޭނާ ހުރި ކަހަލައެވެ. ލީމް ސިހުނީ ފަހަތުން މީހަކު އޭނާގެ ކޮނޑުގައި އަތްޖައްސައިލައި މަޑުމަޑުން ފިތައިލުމުންނެވެ. އެހެނަސް ދެންވެސް އެހުރިގޮތަށް ހަރަކާތެއް ކޮށްލުމެއްނެތި އޭނާ ހުރީއެވެ.

"ލީމް.. ހިނގާ ދާން.." މަޑުމަޑުން ތާނީ ބުނެލިއެވެ. ދެންވެސް ލީމްގެ ފަރާތުން އިޝާރާތެއް ނުވިއެވެ. ފުންނޭވައެއް ދޫކޮށްލި ތާނީ ލީމްގެ ކޮނޑުގައި ހިފައި އޭނާގެ ގަޔާ ގާތްކޮށްލިއެވެ. އަދި އެއްއަތް ލީމް ގައިގައި ވަށައިލަމުން ބައްދައިލިއެވެ. ދާދި ދެންމެއަކު ލީމް އާއި ދާމިންއާ ދެމެދު ކަންތައް ހިނގައިދިޔަ ގޮތް ނުހަނު ރީތިކޮށް އޭނާ އަށް ފެނުނެވެ. އެކުވެރިޔާ ހުރި ހާލުން އޭނާއަށްޓަކައި ކަންބޮޑުވެފައި ތާނީ ވިއެވެ. ކުއްލި ޝޮކެއް ޖެހިފައިހުރި މީހެކޭ ލީމް އެކޭ އެއްވެސް ތަފާތެއް ނެތެވެ. އެސްފިޔަ ޖަހައިލުމެއްނެތި ދާމިންގެ ކާރު ދިޔަ ދިމާލަށް ބަލަން ހުރިއިރު، އެ ދެލޮލުން ކަރުނަ ހުސްވެފައިވާ ކަހަލައެވެ. ފައުޅުވަމުން ދިޔައީ ފަޅުކަމާ ހުސްކަމެވެ. ތުންފަތުގައި ދަތްއަޅައިލުމާއެކު ލީމްގެ އަތުގައި ހިފައިގެން ހުރެ ތާނީ މިސްރާބުޖެހީ އެމީހުންގެ ކާރު އޮތް ދިމާއަށެވެ. އެއާއެކު ލަސްލަހުން ލީމް އިސްޖަހައިލިއެވެ.

* * * * *

ބަލިވެއިން ފުރަތަމަ ފަހަރުކަމުން މެހެރީނަށް ތަފާތު އެކި އުނދަގޫތައް ކުރިމަތިވަމުން ދިޔައެވެ. ގައި ވަރުދެރަ ވުމުގެ ސަބަބުން ގިނަ ވަގުތު އޭނާ އޮންނަށީ އޮށޯވެލައިގެންނެވެ. އެއްޗެއްކާލާއިރަށް ހޮޑުލެވޭތީ އަރުތެރެން އެއްޗެއް އެތެރެކުރުންވީ ދަތިކަމަކަށެވެ. މެހެރީން ހީކުރީ އޭނާ އެހާލުގައި އުޅޭއިރު ފިރިމީހާގެ ފުށުން ކޮންމެވެސް ވަރެއްގެ އެއްބާރުލުމެއް ލިބޭނެކަމަށެވެ. ނަމަވެސް ދުށް ހުރިހައި ހުވަފެނެއްވީ ބިލާހަކަށެވެ. ބިޒްނަސް ދަތުރުން އެނބުރި އައި އިރު ރަޒާންގެ ކިބައިގައިހުރި އުފައުވެރިކަން މަޑުމަޑުން ފިލާގޮއްސިއެވެ. މެހެރީން މާބަނޑުވީތީ އޭރު އޭނާ އުފާކުރިއަސް މިއަދު އެއީ އޭނާއަށް ޖެހިފައިވީ ބުރައެއް ކަހަލައެވެ. ކަމެއްގައި އެހީތެރިކަމަށް މެހެރީން އެދުނަސް ރަޒާންގެ ފުށުން ފައުޅުވަނީ ފޫހިކަމާއި ރުންކުރުކަމެވެ. އެއްފަހަރުވެސް މެހެރީން ބަލިވެ އެ އިނީ އޭނާގެ ދަރިއަކަށްކަން ރަޒާން ވިސްނާލާހެނެއް ހިއެއްނުވެއެވެ. މަޑުމަޑުން ކުރިއެކޭ އެއްގޮތަށް އޭނާގެ އުޅުން ބަދަލުވާން ފެށިއެވެ.

ގިނަވަގުތު ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށް ބެޑް ރެސްޓްގައި އޮންނަ މެހެރީނަށް ދުވަސްތައް ދިގުވެފައިވިއެވެ. ފިރިމީހާގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭއިރު އެހާލުގައި ކޮޓަރީގެ ހަތަރުފާރުތެރޭ އެކަނިމައި އެކަނި އުނދަގުލުން އޭނާ ކުރަން ހުންނަ ކަންކަން ފުރިހަމަކުރެއެވެ. މާބަނޑު ދުވަސްވަރަކީ ކިހައި ވޭންތަކުން ފުރިފައިވާ ދުވަސްވަރެއްކަން އިހުސާސުވަނީ އެހާލުގައި ދުވަސްތައް ހޭދަކުރަން ޖެހުމުންނެވެ. އެއީ ޚާއްސަކޮށް ފިރިމާހާގެ ލޯތްބާއި އޯގާތެރިކަން އެންމެ ބޭނުންވާ ދުވަސްތަކެވެ. ނަމަވެސް ފިރިމީހާގެ ފަރާތުން މެހެރީނަށް އަނިޔާ ނޫން އެއްޗެއް ނުލިބެއެވެ.

އަމިއްލަ ހާލާމެދުގައި ފިކުރުކުރަން އެނދުގައި އޮތް މެހެރީން ސިހުނީ ދޮރުގައި ޓަކި ޖެހި އަޑަށެވެ. ނިތުގައި ބާއްވައިލައިގެން އޮތް އަތްތިލަ ތިރިކޮށްލަމުން ވަނުމުގެ ހުއްދަ އޭނާ ދިނެވެ. ހުޅުވުނު ދޮރުން އެތެރަށް ވަނީ އާމިރެވެ. އޭނާގެ މޫނުމަތީގައި ހިސާބަކަށް ކަންބޮޑުވުން އެކުލެވިފައިވިއެވެ. މަޑުމަޑުން އައިސް މެހެރީން ގާތުގައި މަޑުކޮށްލަމުން އާމިރު އިސްޖަހައިލިއެވެ.

"ކިހިނެއްވީ.." އާމިރު ހުރި ގޮތް ފެނި މެހެރީނަށް އަހައިލެވުނެވެ. އާމިރު ތުންފިއްތައިލި ގޮތުން އޭނާ އަށް ވާހަކަދައްކަން އުނދަގޫވީހެން ހީވެއެވެ. "އާމިރު.. ވީގޮތެއް ބުނެބަލަ.. ކޮންމެވެސް ކަމެއް ނުވަނީސް އާމިރު ތިގޮތަށް އަހަރެން ގާތަށް ނާންނާނެކަން ޔަގީން.." ހިމޭންވެފައި ހުރި އާމިރުއަށް ބަލަން އޮވެ މެހެރީން ބުނެލިއެވެ.

"އާރިޒް.. އާރިޒް ބޭނުންވޭ ދިއުމުގެ ކުރިން ކޮއްކޮއާ ބައްދަލުކޮށްލަން.. މިކޮޓަރިއަށް ގެނަޔަސް އެންމެ ރަނގަޅުތަ" ބުނަން ނުބުނަން ހުރި ފަދައަކުން އާމިރު އަހައިލިއެވެ. ނިތަށް ރޫތައް ޖަމާވެލުމާއެކު މެހެރީންގެ ހިތް ތެޅިލިއެވެ.

"އާރިޒް.. ކޮންތާކަށް ދިއުމުގެ ކުރިން.." ހިތްއަވަސްވެފައި މެހެރީން އެއްސެވެ.

"ކޮއްކޮ ގާތު ނުބުނޭތަ.. ހީކުރީ ކޮއްކޮއަށް އެނގޭކަމަށް.." މެހެރީންގެ ވާހަކަ ހުރިގޮތުން އާމިރުގެ ހާސްކަންވީ އިތުރެވެ. އާމިރުއަށް ބަލަން އޮވެ ލަސްލަހުން މެހެރީން ދެފަރާތަށް ބޯހޫރައިލިއެވެ.

"ބުނެބަލަ އަހަރެން ގާތު.. އާޒް ކޮންތާކަށް ދާންތަ އުޅެނީ.."

"މިގެ ދޫކޮށްފަ.. އެހެން ގެއަކަށް.." މެހެރީން ބަލަން ނުކެރިހުރެ އާމިރު ބުނެލިއެވެ. އެއާއެކު ކީކޭހޭ ކިޔައި މެހެރީނަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެގެ ދޫކޮށްފައި އާރިޒް ދާން ނިންމީހެއްޔެވެ. އެކަމަކު ކީއްވެ ހެއްޔެވެ. އެވަރުގެ ނިންމުމެއް ނިންމިއިރު އެންމެ ފަހަރަކު ނަމަވެސް އޭނާ ގާތުގައި ބުނެލުން އާރިޒް އަށް މުހިންމު ނުވީހެއްޔެވެ. ހިތަށް ވެރިވެގަތް އެތަށް ހާސް ޖަޒުބާތަކާއެކު މެހެރީންގެ ލަގޮނޑިއަށް ވާންވެލިއެވެ. އާމިރު ހުރި ދިމާނޫން އަނެއް ފަރާތަށް އޭނާއަށް މޫނު އަނބުރައިލެވުނެވެ. އޭރު ކަރުނަތިއްކެތް އެލޮލުން ފޭދިގެން އައިސް ކޯތާފަށްމައްޗަށް ވެއްޓިއްޖެއެވެ.

"އާޒް ވެސް.. އަހަރެން އެކަނިކޮށްލާފަ ދަނީތަ.." ދެލޯމަރައި ފިއްތައިލި މެހެރީނަށް އަމިއްލަ ނަފުސާ ސުވާލުކޮށްލެވުނެވެ.

* * * * *

އޮފީހުގައި އެއްމަސައްކަތަކަށް ފަހު އަނެއް މަސައްކަތެއް ކުރުމުގައި މަޝްއޫލުވަމުން ދާމިން ދިޔައެވެ. ބޭނުމަކަށްވީ ކުރެވެމުންދިޔަ ބޭކާރު ޚިޔާލުތަކާ ފިކުރުތަކުން ދުރުވުމެވެ. އެރެއަށްފަހު ލީމްއާ މެދު އެއްވެސް ވަރަކަށް ވިސްނާކަށް ދާމިން ބޭނުމެއް ނުވިއެވެ. މަޢާފަށް އެދި ލީމް ކޮށްފައިވި މެސެޖްތައްވެސް ބަލާލުމަށްފަހު ޖަވާބެއްނުދީ އޭނާ ބެހެއްޓީ އެހެންވެއެވެ. ތަކުރާރުކޮށް އެންމެ ފަހަރަކު ނަމަވެސް އޭނާއާ ވާހަކަދައްކައިލުމަށް އެދިފައި ލީމް ހުއްޓެވެ. އެހެނަސް އެއިން މެސެޖަކަށްވެސް ދާމިން އެއްވެސް ޖަވާބެއް ނުދެއެވެ. އެޚިޔާލުތަކާ ދުރުވުމަށް އަމިއްލަ ނަފުސަށް އޭނާ މަޖުބޫރުކުރަމުން ދިޔައިރު އެކަމުގެ ސަބަބުން ފިސްފިސްވެ ޒަޚަމްވަމުން ދިޔައީ އަމިއްލަ ހިތެވެ. އެހިތް އެދި ގޮވަމުން ދިޔައީ އެންމެ ފުރުސަތެއް ނަމަވެސް ލީމްއަށް ދިނުމަށެވެ. ނަމަވެސް ސިކުނޑި ހަނދާންކޮށްދެމުން ދިޔައީ ލީމް އޭނާއާ މެދުގައި ކަންތައްކުރި ގޮތެވެ. ހިތާއި ސިކުނޑީގެ އެ ހަނގުރާމައިގައި ހަދާނެ ގޮތެއް ނުވިސްނިފައިވި މީހަކު ފަދައިން ހައްޔަރުވެފައި ދާމިން ހުރީއެވެ.

ބަލަން އިން ފައިލް ލައްޕައިލުމާއެކު ދާމިން ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. ކިތަންމެ ވަރަކަށް މަސައްކަތަށް ސަމާލުކަން ދޭން އުޅުނަސް އޭނާއަށް އެކަން ކާމިޔާބެއް ނުވިއެވެ. ގޮނޑީގައި ލެގިލަމުން މޭޒުގެ އެއްފަރާތުގައި އޮތް ފޯނަށް ދާމިން ބަލައިލިއެވެ. އިރުކޮޅަކު އެއްޗެއް ވިސްނަން އިނުމަށްފަހު ގޮނޑީގައި ހަމަޖެހިލަމުން ދާމިން ފޯނު ނެގިއެވެ. އަދި މެސެޖް ބައި ހުޅުވައިލަމުން ލީމް ކޮށްފައިވި އެކި މެސެޖް ތަކަށް ނަޒަރު ހުއްޓައިލިއެވެ. އޭނާ ހިންދިރުވައިލި ގޮތުން އެމެސެޖްތަކުން ޚުދު އަމިއްލަ ހިތަށްވެސް އަސަރުކޮށްފިކަން އަންގައިދެއެވެ. ސްކްރީންގައި ބޮޑުވައި އިނގިލި ހިންގައިލަމުން އޭނާ މަޑުމަޑުން ލީމްގެ ނަމުގައި ފިރުމައިލިއެވެ. އެއާއެކު ޝަކުވާތައް ހިތުތެރަށް ބޮނޑިވެ ގަތެވެ.

"އަހަންނަށް ތިވަރަށް އޮޅުވާލީ ކީއްވެ.. އަހަރެން ލޯބިވާވަރު ކުޑަކޮށްވެސް ލީމް އަށް ހަމަ އިހުސާސުނުވީތަ.. އަހަރެން މިވަރަށް ލޯބިވާއިރު ލީމްގެ ހިތުގަ އަހަންނަށްޓަކާ އެފަދަ އިހުސާސުތަކެއް ނުއުފެދުނީ ކީއްވެ.. ތި ސަމާލުކަން ހޯދަން އަހަރެން ކިހާ ހިތްވަރެއް ކުރިން.. އެހުރިހާ ކަމެއް އެނގިހުރެ.. ކީއްވެ ލީމް.. ކީއްވެ.. އަހަންނަށް ގޯސްކޮށް ކުރެވުނީ ކޮންކަމެއްކަންވެސް ނުވިސްނުނު.. އަހަރެންގެ ކުށަކީ ލީމްދެކެ ލޯބި ވުންތަ.. އެކަމުގެ ސަޒާތަ އަހަންނަށް ތިދިނީ.." ފުސްވަމުންދިޔަ ދެލޮލުން ފޯނަށް ބަލަންއިނދެ އަމިއްލަ ނަފުސާ ދާމިން ވާހަކަދައްކަމުން ދިޔައެވެ.

ކުއްލިއަކަށް އޭނާ ސިހުނީ އެ ކެބިންގެ ބޭރުން މީހަކު ތަންކޮޅެއް ބާރަށް ވާހަކަދެއްކި އަޑަށެވެ. އަވަސް އަވަހަށް އަމިއްލަ ނަފުސު ހަމައަކަށް އަޅުވައިލަމުން އިންތަނުން ދާމިން ތެދުވީ ކެބިން އިން ބޭރަށް ނުކުމެ ވާނުވާ އޮޅުންފިލުވުމުގެ ނިޔަތުގައެވެ. އެހެނަސް އޭނާއަށް މޭޒު ކައިރިން އެއްފަރާތްވެލައި ކުރިއަށް ދެވުނީ ކުޑަތަންކޮޅަކަށެވެ. އެ ކެބިންގެ ދޮރު ހުޅުވިގެން ދިއުމާއެކު އޭނާއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. ހުރިފިޔަވަޅުމަތީގައި އޭނާއަށް މަޑުޖެހިލެވުނީ އެހެންވެއެވެ. ކެބިންގެ ދޮރުމައްޗަށްއެރި އަންހެންކުއްޖާ ފެނިފައި ދާމިންގެ މޫނަށް ނުރުހުމުގެ އަސަރު ވެރިވިއެވެ. ދަތްކުނޑި ވިކައިލުމާއެކު އޭނާއަށް ދެއަތްތިލަ މުށްކަވައި ބާރުކޮށްލެވުނެވެ. އޭރު އެސްފިޔަ ޖަހައިލުމެއްނެތި، ދެބުމަ ގޮށްޖަހައިލައިގެން އޭނާއަށް ބަލަހައްޓައިގެން ދޮރުކުރިމަތީގައި ތާނީ ހުއްޓެވެ.

(ނުނިމޭ)

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!