ދުނިޔެ

ތުރުކީ ބިންހެލުން: ފެންފޮދެއް ނުލިބި 72 ގަޑިއިރު އިމާރާތްތަކުގެ ދަށުގައި ތާށިވެފައި

ރައުފާ ރަޝީދު ، ދެން އޮންލައިން

ތުރުކީއާއި ދެކުނު ސޫރިޔާގެ އުތުރުގެ ސަރަޙައްދަށް އައި ބިންހެލުމުގައި އިމާރާތްތަކުގެ ދަށުގައި އެ މީހުން ތާށިވެފައި ތިބޭތާ މިހާރު 72 ގަޑިއިރަށްވުރެ ގިނަ ވަގުތު ފާއިތުވެއްޖެއެވެ.

Ads by Sosun Fihaara

ތުރުކީ އާއި ސީރިއާއަށް ދާދި ފަހުން އައި ބިންހެލުމަކީ ފަހުގެ ތާރީޙެއްގައި ކުރިމަތިވި އެންމެ ނުރައްކާތެރި ހާދިސާއެވެ. 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމާ އެކު އެތައް ފަހަރެއްގެ މަތިން އާފްޓާ ޝޮކްތަކެއް އައިސްފައިވެއެވެ.

އޭގެ ކުޑަ އިރުކޮޅެއް ފަހުން ތުރުކީގެ މެދުތެރެއަށް ރިކްޓަރ މިންގަނޑުން 7.5 ގެ ބާރުމިނުގައި އައި ދެވަނަ ބޮޑު ބިންހެލުމާ އެކު، މީހުންގެ މެދުގައި ވަނީ އިތުރު ބިރުވެރިކަމެެއް އުފެދިފައެވެ. ރޭގެ ވަގުތެއްގައި އެ ސަރަހައްދަށް 6.0 މެގްނިޓިއުޑްގެ އިތުރު ބިންހެލުމެއް އައިސް އިތުރު ގެއްލުންތަކަކާއެކު އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ތުރުކީ އާއި ސީރިއާގެ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް 72 ގަޑިއިރަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ހޯމަ ދުވަހު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 15،000 އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް ރެސްކިއު ރެސްޕޮންސްގެ ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!