ޚަބަރު

ފުނަދޫ ފެސިލިޓީން ކޮވިޑަށް ފަރުވާ ދިން މީހަކު ރަނގަޅުވެއްޖެ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ށ. ފުނަދޫ މެޑިކަލް ފެސިލިޓީގައި ފަރުވާދިން އުމުރުން ދުވަސްވީ މީހަކު ކޮވިޑުން ރަނގަޅު ވެއްޖެއެވެ.

Ads by STELCO

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މިއީ އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީއެއްގައި އެޑްމިޓްކޮށްގެން ފަރުވާދިން މީހަކު ރަނގަޅުވެގެން ދޫކޮށްލި ފުރަތަމަ ފަހަރު ކަމަށެވެ.

ނަޒްލާ ވިދާޅުވީ ފެސިލިޓީއެއްގައި ފަރުވާދިނުމަށްފަހު މީހަކު ރަނގަޅުވުމަކީ ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރި ފެސިލިޓީތަކުގައި މިބަޔަށް ފަރުވާދެވޭނެ ފެންވަރު ހުރިކަން ހާމަވާ ކަމެއް ކަމަށެވެ.

އަތޮޅުތެރޭގައި 7 ސަރަޙައްދެއްގައި ޤާއިމްކުރި ފެސިލިޓީތަކުގެ ތެރެއިން ށ. ފުނަދޫގައި ތައްޔާތުކުރި ފެސިލިޓީ ޚާއްސަކޮށްފައިވަނީ ހއ، ހދ އަދި ށ. އަތޮޅު ހިމެނޭ ސަރަހައްދަށެވެ. މި ފެސިލިޓީގައިވެސް ވެންޓިލޭޓަރުގެ ފަރުވާ ހިމެނޭހެން އައިސީޔޫގައިވެސް ޚިދުމަތްދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މިތަނުގައި 20 އައިސީޔޫ އެނދާއި 30 އައިސޮލޭޝަން އެންދުހުރެއެވެ.

ފުނަދުގެ އިތުރުން ބ. އޭދަފުށްޓާއި، ލ. ގަމާއި ގއ. ވިލިނގިލި އަދި އައްޑޫ ސިޓީ ގައި ވެސް ކޮވިޑް ފެސިލިޓީތައް ވަނީ ގާއިމުކޮށްފައެވެ.

Ads by HDC
  1. ޖަޒުބާތު

    ޢަލްޙަމްދުލިﷲ