އޭޝިއާ ދުނިޔެ

"ތައި ކޭވް ސަވައިވާ" އެއްގެ ކުއްލި މަރާއެކު ކުއްލި ސިހުމެއް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

2018 ވަނަ އަހަރު ތައިލެންޑުގެ ހޮހޮޅައެއްގެ ތެރޭގައި ދެ ހަފުތާއަށްވުރެ ގިނަ ދުވަސް ވަންދެން ތާށިވެފައިތިބި 12 ކުދިންގެ ތެރެއިން އެއްކުއްޖަކު ކުއްލިގޮތަކަށް މަރުވެއްޖެއެވެ.

Ads by Sosun Fihaara

މި ކުއްޖާގެ މަރާއެކު ގިނަ ބަޔަކަށް ކުއްލި ސިހުމެއް ލިބިފައިވާއިރު އެކުއްޖާ މަރުވެފައިވަނީ ޔޫކޭގައި އޭނާ އުޅޭ ކޮޓަރި ތެރޭގައި ހޭނެތިފައި އޮއްވާކަމަށާއި އޭނާ މަރުވެފައިވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. މަރުވެފައިވަނީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ޑުއަންގްޕެޗް ޕްރޮމްތެޕެވެ. އޭނާ މަރުވި އިރު އުމުރަކީ 18 އަހަރެވެ. އޭނާ މަރުވި ކަން އިއުލާނު ކުރި ނަމަވެސް އޭނާ މަރުވި ސީދާ ސަބަބެއް ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އިނގިރޭސިވިލާތުގައި ދިރިއުޅެމުން ދިޔަ ޕްރޮމްތެޕް އަށް ވަނީ ލެސްޓާޝަޔާގެ ފުޓްބޯޅަ ސްކޮލަޝިޕެއްވެސް ލިބިފައެވެ. އަދި އެ ސްކޯލާޝިޕް ގަބޫލުކޮށް އޭނާވަނީ ލެސްޓާޝަޔާގެ ފުޓުބޯޅަ އެކަޑަމީއަށް އެންރޯލްވެސް ވެފައެވެ.

ޗިއަން ރައި ޕްރޮވިންސުގެ ފަރުބަދަމަތީ ސަރަޙައްދެއްގައި ހުންނަ "ތަމް ލުއަންގް ނަން ނޮން" ނަމަކަށް ކިޔާ ހޮހޮޅައިގައި 2018 ވަނަ އަހަރު ތާށިވި ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަނަކީ މުޅި ދުނިޔޭގެ ސަމާލުކަށް ލިބުނު އަދި މިފަދަ އެންމެ ބޮޑު އޮޕަރޭޝަނެވެ. މި އޮޕަރޭޝަނުގައި ތައި ސިފައިންގެ އޮފިޝަލެއް ވަނީ މަރުވެފައެވެ. މިއޮޕަރޭޝަނުގައި ކުރުމަށް ގާތްގަނޑަކަށް 100 ޑައިވަރުންގެ ޓީމަކުން މަސައްކަތް ކުރިއެވެ.

އެކުދިން ސަލާމަތްކޮށްފައިވަނީ އެހޮހޮޅައިގައި ތާށިވިތާ 17 ދުވަސް ފަހުންނެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!