ޚަބަރު އިޖުތިމާޢީ

މިއަދު ފެމެލީ ކޯޓުގައި 38 ކައިވެނި!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިއަދުގެ ރީތި ތާރީހުގައި ފެމެލީ ކޯޓުގައި 38 ކައިވެނި ކޮށްދޭން ހަމަޖެހިފައިވާކަމަށް އެކޯޓުން ބުނެފިއެވެ.

Ads by STELCO

ފެމެލީ ކޯޓުން މިއަދު ބުނި ގޮތުގައި މިއަދު ރަސްމީ ގަޑީގައި އެކޯޓުގައި 19 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާއިރު ނުރަސްމީ ގަޑީގައިވެސް 19 ކައިވެނި ކޮށްދިނުމަށް ވަނީ ހަމަޖެހިފައިކަމަށް އެކޯޓުން ބުނެއެވެ.

މިއަދުގެ ރީތި ތާރީހުގައި 38 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގައި އާއްމުގޮތެއްގައި ރީތި ތާރީހުތަކުގައި ވަރަށް ގިނަ މީހުން ކައިވެނިކުރެއެވެ.

މިގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުވެސް ފެމެލީ ކޯޓުގައި 18 ކައިވެނިވަނީ ކޮށްދީފައެވެ.

މާލޭގައި ކައިވެނިކޮށްދެމުން އަންނަ ފެމިލީ ކޯޓުން މިދިޔަ އަހަރު އެކަނި 2،514 ކައިވެނިކޮށް، 1،346 ފަހަރު ވަރިކޮށްދީފައިވާ ކަމަށް އެ ކޯޓުން މިމަހުގެ ކުރީކޮޅު އާއްމުކުރި ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!