ޚަބަރު ސިޔާސީ

ފިރުޝާން ރައީސަށް: އިސް ލީޑަރޭ ކިޔައިގެން ހުރެ، ޕާޓީ ބައިބައިކޮށް ހަލާކު ކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
މަޑަވެލީ ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން -- ފޮޓޯ/ދެން

އިސް ލީޑަރޭ ކިޔައިގެން ހުރެ ޕާޓީގެ މެމްބަރުން ބިކަކޮށް ޕާޓީ ބައިބައިކޮށް ހަލާކުކޮށްފިކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ފިރުޝާން ވިދާޅުވީ ސަރުކާރުގެ ކޯލިޝަނެއް ވެސް ނެތް ކަމަށާއި ޕާޓީ އެއްބައިވަންތަ ނުކުރެވުނުކަމަށް ވިދާޅުވެ ރައީސް އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.

"އިސް ލީޑަރޭ ކިޔައިގެން ހުރެ؛ ކޯލިޝަން އޮންނާނެކަމަށްބުނެ ޕާޓީގެ މެމްބަރުން ބިކަކޮށް ޕާޓީ ބައިބައިކޮށް ހަލާކުކޮށްފި. ޕާޓީގެ މެނިފެސްޓޯ އޮޅާލައިފި. ކޮން ފޯމިއުލާއެއް ނެރެވުނީ؟ ކޯލިޝަނެއްވެސްނެތް. ޕާޓީ އެކެއްވެސް ނުކުރެވުނު. ޕާޓީގެ ސިޔާސަތުވެސް ތަންފީޒެއް ނުކުރެވުނު. ހާދަ ދެރައޭ." ފިރުޝާން ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ ކޯޅުންގަނޑު ބޮޑުވެފައިވަނީ މިދިޔަ ޖެނުއަރީ މަހު ބޭއްވި އެޕާޓީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއަށްފަހު އިންތިޚާބުން ބަލިވި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ތެރެއިން އިތުރު ގޮތްޕެއް އުފައްދަވަން މަސައްކަތް ފެށި ހިސާބުންނެވެ.

މިގޮތުން ރައީސް ނަޝީދަށް ތާއިދު ކުރައްވާ ފަރާތްތަކާއެކު "-ފިކުރެއްގެ ދިރުން" ގޮފި އުފެއްދެވުމަށް ފޯމުވެސް މިހާރު ދަނީ ފުރަމުންނެވެ.

އަދި މިއާއެކު ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުން ދުރުކުރުމަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ރައީސް ޞާލިހަށް ތާއިދުކުރައްވާ މެމްބަރުން ކުރައްވަމުން އަންނަކަމުގެ އަޑުތަކެއް ވެސް ފެތުރިފައިވާ މިދަނޑިވަޅުގައި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މަސައްކަތް ފަށައިފި ނަމަ ރައީސް ޞާލިހުގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމުގެ މަސަކައްކަތް ކުރާނެކަމަށް ނަޝީދަށް ތާއިދުކުރައްވާ މެމްބަރުން ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo
  1. އައުޓް

    މިހާރު ނޫހަށް ސަރުކާރުން ކަޓް ދީގެން ޖޭޕީ އާއި އެމްޑީޕީ ނުގުޅޭތީވެ ޖޭޕީ ފުނޑާލަން ވެގެން ހަސަދަ ވެރިކަން އިތުރުވާ ގޮތަށް މިހާރު ނޫހުގައި ހަރާމްކޯރު ނޫސްވެރިން ރޯބުހުތާނު ހަދައިގެން ލިޔެ ހަސަދަ ވެރިކަން ކުރިއަށް ނެެރޭތީވެ ރިޔާސީ އިންތިޚާބުގެ ކުރިން ޖޭޕީން މިހާރު ނޫސް ބޮއިކޮޓް ކުރަން މަމެން ގޮވާލަމޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ އެއީ ބޮޑެތި ވަގުން ނޫސްވެރިންގެ ނަމުގައި އުޅެނީ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ މިހާރު ނޫސް ބޮއިކޮޓް ކުރޭ

  2. ދިރާސާ

    ދެރަނުވޭ ބޯޑު ކޯލިޝަނަކާއެކު ވެރިކަން އިބޫ ކާމިޔާބުކުރާނެ އެއީ ރައްޔިތުންގެ ކޯލިޝަން