ރެފިއުޖީންނާއެކު ފުރިބާރުވެގެން ދަތުރުކުރި ބޯޓެއް އަޑިއަށް ގޮސް ގިނަބަޔަކު މަރުވެއްޖެއެވެ.
150 އަށް ވުރެ ގިނަ މީހުންނާއެކު ދަތުރުކުރި މިބޯޓު އަޑިއަށް ގޮސްފައިވަނީ އިޓަލީގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ކެލަބްރިއާގެ ކްރޮޓޯން ކައިރިންނެވެ. ބޯޓު ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާގައި މިހާތަނަށް 58 މީހުން މަރުވެފައިވާއިރު މި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އަދި މި ބޯޓުން ދަތުރުކުރި 81 މީހުން މިހާރު ސަލާމަތް ކޮށްފައިވާކަމަށްވެސް އޮފިޝަލުން ބުނެއެވެ.
އިޓަލީގެ އައްސޭރިފަށަށް ގަދަ ތޫފާނެއްގައި ޖެހި މި ބަންޑުން ޖަހާލި މިބޯޑުގައި ހުރީ ގާތްގަނޑަކަށް 20 ކަށް ފޫޓުކަމަށްވެސް އޮފިޝަލުން ވަނީ ބުނެފައެވެ. އަދި މި ބޯޓުން ދަތުރުކޮށްފައިވަނީ އަފްޣާނިސްތާނާއި އީރާނާއި އެހެނިހެން ބައެއް ގައުމުތަކުގެ ރެފިއުޖީންނާއެކު ތުރުކީން މީގެ އެތައް ދުވަހެއް ކުރިން ފުރައިގެންކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ބޯޓުން ސަލާމަތް ކުރި 81 މީހުންގެ ތެރެއިން 20 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ މިހާރު ދަނީ ފަރުވާ ދެމުންނެވެ. އިރު އޭގެ ތެރޭގައި އައިސީޔޫގައި ފަރުވާ ދެމުން އަންނަ އެކަކު ވެސް ހިމެނެއެވެ.
މިހާދިސާއާއި ގުޅިގެން އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެއްގަމާއި ކަނޑުމަތީގައި ބޮޑު ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ފަށާފައެވެ.