Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ރައްޔިތުންގެ މަޖިލިސް

ބީއެމްއެލްގެ އެކައުންޓުތަކުން ވެރިފަރާތަށް ނޭނގި ފައިސާ ގެއްލުމާއި ގުޅޭ ކުއްލި މައްސަލައެއް

ބީއެމްއެލްގެ އެކައުންޓުތަކުން ވެރިފަރާތަށް ނޭނގި ފައިސާ ގެއްލުމާއި ގުޅޭ ކުއްލި މައްސަލައެއް
ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުތަކުން ވެރިފަރާތައް ނޭނގި ގިނަ އަދަދެއްގެ ފައިސާ ގެއްލެމުންދާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފިއެވެ. ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ ބީއެމްއެލްގެ ގިނަ ކަސްޓަމަރުންގެ އެކައުންޓުތަކުން ގިނަ އަދަދެއްގެ ފައިސާ، އެކި ގޮތްގޮތުން ގެއްލެމުންދާއިރު، މިފަދަ ގިނަ މައްސަލަތައް ކުރިމަތިވަނީ ބޭންކް އޮފް މޯލްޑިވްސްގައި ރައްކާކުރެވިފައި ހުންނަ އާއްމުންގެ ވަރަށް ހައްސާސް އަދި ޕާރސަނަލް މައުލޫމާތުގެ ބޭނުންކޮށްގެން އެކި ފަރާތްތަކުން ފޯނުގެ ޒަރީއާއިން ނުވަތަ އިންޓަރނެޓް މެދުވެރިކޮށްކަމަށެވެ.
"ބުރަމަސައްކަތުން އާއްމުން ގުލާނުކޮށްގެން ހޯދާ ލާރިކޮޅު ފަޅި ސިކުންތެއްގެ ތެރޭގައި ގެއްލުމާއެކު އެމައްސަލަ ބޭންކް އޮފް މޯލްޑިވްސް އަށާއި އަދި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައެޅި ނަމަވެސް، އެގެއްލުނު ފައިސާ ލިބޭނެ ގޮތެއް ނުވުމުގެ އިތުރުން އެކަން ރިޕޯޓްކުރުމުގެ ސަބަބުން ގިނަ ގުނަ ތަކުލީފުތަކެއް އުފުއްލަން ޖެހޭ" މޮސްޓާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވިއެވެ.
މި ކުއްލި މައްސަލައިގައި އިތުރަށް ވިދާޅުވީ މިފަދަ މައްސަލަތަކުގައި ހަމައެކަނި ބޭންކް އޮފް މޯލްޑިވްސްއަށް އިނގިލި ދިއްކުރެވޭ މިންވަރު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދާތީ ހަމައެކަނި ބޭންކް އޮފް މޯލްޑިވްސްގެ ގިނަ ކަސްޓަމަރުންތަކަކަށް ސްކޭމް ކޯލްތަކާއި އިންޓަރނެޓް ލިންކު މެދުވެރިކޮށް އިޔާދަ ނުކުރެވޭފަދަ ބޮޑެތި މާލީ ގެއްލުންތައް ލިބެމުންދާ މައްސަލަ ހައްލު ކުރުމަށް ސަރުކާރަށް ގޮވައިލާކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް