ސަލަފް ޖަމުޢިއްޔާއާ ޢަދާލަތާއި ދެމެދުގައި ހުރި ތަފާތުތަކަކީ ދީނީ ކަމެއް ނަމަ އެކަން ޙައްލުކުރަން ވަރަށް ބޭނުންކަމަށް ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ސިޔާސީ ކަމެއް ނަމަ އެކަން "އަންޑަސްޓޭންޑް" ވާކަމަށެވެ.
"ސަލަފް ޖަމުޢިއްޔާއާއި ޢަދާލަތު ޕާޓީއާއި ދެމެދުގައި ހުރި ތަފާތުތަކީ ދީނީ ކަމެއް ހެއްޔެވެ؟ ނުވަތަ ސިޔާސީ މައްސަލައެއް ހެއްޔެވެ؟ ދީނީ މައްސަލައެއްނަމަ އެކަން ހައްލުކުރަން އަޅުގަނޑުމެން ވަރަށް ބޭނުންވެއެވެ. ސިޔާސީ ކަމެއްނަމަ އެކަން އަންޑަސްޓްޓޭންޑް ވެއެވެ. ހަމަ ވަރަށް ނެޗުރަލް ކަމެއްތާއެވެ." އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން އިމްރާން އިތުރަށް ވިދާޅުވީ ޢަދާލަތު ޕާޓީގެ ޢިލްމުވެރިން ނިންމައިގެން ތިބީ ސަލަފު ޖަމިއްޔާގެ އިސްބޭފުޅު ކިތަންމެ އެއްޗެހި ނަމަވެސް އެބޭފުޅުންނާއި ދިމާލަށް އެއްޗެތި ކިޔައި ރައްދު ނުދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޢަދާލަތު ޕާޓީއަކީ ދީނީ ޢިލްމުވެރިންތަކެއް އިސްވެ އޮވެ އުފައްދާފައިވާ ހަމައެކަނި ސިޔާސީ ޕާޓީއެވެ. އެހެންނަމަވެސް ދީނީ ޖަމުޢިއްޔާއެއް ކަމަށްވާ ސަލަފު ޖަމުޢިއްޔާގައި ހަރަކާތްތެރިވާ ދީނީ ބޭފުޅުން ފެންނަނީ އަދާލަތު ޕާޓީއާއި ދުރުން އުޅޭ މަންޒަރެވެ. އަދި ދޭތެރެ ދޭތެރެއިން ދެ ފަރާތުން ބަހުގެ ހަމަލާ ރައްދުކުރަމުން އަންނަ ކަންވެސް ފާހަގަކޮށްލެވެއެވެ.
ސަލަފު ދިނި ޖަމައަތެއް ނަމަވެސް ފެނިގެން ދަނި ވަކި ސިޔަސި ބެފުލަކަ ތައިދު ކުރަމުން އެޕި ކަފަރު ކުރަމުން ދަމަންޒަރު ،
ޙުސް ކާފަރުން ތިބީ ސަލަފްަ ގަ