ޚަބަރު ސިޔާސީ

އިދިކޮޅު މުޒާހަރާއިން ފަސް މީހަކު ހައްޔަރު ކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިނވަން ކުރުމަށް ގޮވައިލައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ އެއްވުމުގެ ތެރެއިން، މިރޭ ފަސް މީހަކު ހައްޔަރު ކޮށްފިއެވެ.

Ads by Hajj Corporation

އިދިކޮޅު ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މިރޭގެ އެއްވުމުން 2 ފިރިހެނުންނާއި 5 އަންހެނުން ހައްޔަރު ކުރި ކަމަށެވެ.

އިދިކޮޅު ލީޑަރު ރައީސް ޔާމީން މިނިވަން ކުރަން ގޮވައިލައި ސިލްސިލާ މުޒާހަރާތައް ކުރަމުން އަންނައިރު، އެ މަނިކުފާނަކީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ވެސް މެއެވެ. ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ޙުކުމް ހައި ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ.

ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެފައި ވަނީ، މި ފެށޭ މާޗު މަހުގައި އެ މަނިކުފާނު މިނިވަންވާނެ ކަމަށެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!