އެފްރިކާ ދުނިޔެ

ނައިޖީރިއާގެ ރިޔާސީ އިންތިޚާބު ބޮލާ ޓިނުބޫ ކާމިޔާބު ކުރައްވައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ނައިޖީރިއާގެ ރިޔާސީ އިންތިޚާބުއޯލް ޕްރޮގްރެސިވްސް ކޮންގްރެސް (އޭޕީސީ)ގެ ގައުމީ ލީޑަރު ބޮލާ ޓިނުބޫ ކާމިޔާބު ކުރައްވައިފިއެވެ.

Ads by Sosun Fihaara

"ޒަމާނީ ލާގޯސްގެ ބައްޕަ" ގެ ގޮތުގައި ޒަމާނުއްސުރެ ސިފަކުރަމުން އަންނަ ސިޔާސީ ބޭފުޅެއް ކަމަށްވާ ބޯލާ ޓިނުބޫ މި އިންތިހާބު ކާމިޔާބު ކުރެއްވީ  މުހައްމަދު ބުހާރީއާއި ވާދަކޮށް ވަރުގަދަ ރިޔާސީ ރޭސް ކާމިޔާބުކޮށްގެންނެވެ.

މިނިވަން ނޭޝަނަލް އިލެކްޓޯރަލް ކޮމިޝަން (އައިއެންއީސީ)ގެ ޗެއާމަން މަހްމޫދު ޔަކުބޫ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާނޫނުގެ ޝަރުތުތައް ފުރިހަމަކުރުމަށްފަހު، ޓީނުބޫ ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފައިކަމަށެވެ. ނައިޖީރީއާގެ ތިން ޕާޓީން މި އިންތިހާބަކީ ދޮގު އިންތިހާބެއްކަމަށް ގޮވާލިތާ ގިނަ އިރުތަކެއް ނުވެ ޓިނޫބޫ ކާމިޔާބު އިއުލާނުކޮށްފައިވަނީ އަށް 8.8 މިލިއަން ވޯޓު ލިބިގެންނެވެ.

ނައިޖީރިއާގެ ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ (ޕީޑީޕީ) އާއި ލޭބާ ޕާޓީ (އެލްޕީ) އަދި އެފްރިކަން ޑިމޮކްރެޓިކް ކޮންގްރެސް (ސީޑީސީ) އިން މިދިޔަ އަންގާރަ ދުވަހު ވަނީ އިންތިހާބުގެ ނަތީޖާ ބާތިލް ކުރުމަށް ގޮވާލައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އެ އިންތިޙާބަކީ "އޮޅުވާލުމެއް" ކަމަށް ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!