އެފްރިކާ ދުނިޔެ

ނައިޖާގެ ކުލާސް ރޫމުތަކެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 26 ކުދިން މަރުވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އެފްރިކާގެ ގައުމެއްކަމުގައިވާ ނައިޖާގެ ކުލާސް ރޫމުތަކެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 26 ދަރިވަރުން މަރުވެ އިތުރު 13 ކުދިންނަށް އަނިޔާ ވެއްޖެއެވެ.

Ads by Sosun Fihaara

ފަގީރު ގައުމެއް ކަމުގައިވާ ނައިޖާގައި ލަކުޑިއާއި ހުއި ބޭނުން ކޮށްގެން ހަދައިފައިވާ ކުލާސް ރޫމުތަކެއްގައި ހިނގި މި އަލިފާނުގެ ހާދިސާގައި އަނިޔާވި ދަރިވަރުންގެ ތެރެއިން 4 ކުއްޖެއްގެ ހާލު ސީރިއަސް ކަމަށް ވެސް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ. އަދި މިކުދިންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ނައިޖާގެ ދެކުނުގެ ސަރަހައްދުގައި އޮންނަ މަރާޑި ސިޓީގައި ހިނގައި ދިޔަ މިހާދިސާގައި މަރުވެ އަދި އަނިޔާ ވެފައި ވަނީ އުމުރުން 5 އަހަރާއި 6 އަހަރުގެ ކުދިން ކަމަށް ވެސް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

ނައިޖާގެ ގިނަ ސުކޫލުތަކާއި ކުލާސްތައް ހަދައިފައި ވަނީ ލަކުޑިއާއި ހުއި ބޭނުންކޮށްގެންނެވެ. މިހެންވުމުގެ ސަބަބުން ނައިޖާގެ ސުކޫލުތަކުގައި އަލިފާނުގެ ހާދިސާތައް ދޭތެރެދޭތެރެއިން ހިނގައެވެ. މިގޮތުން މިދިޔަ އޭޕްރީލް މަހު ވެސް މިފަދަ ހާދިސާއެއް ހިނގައި 20 ދަރިވަރުން ވަނީ މަރުވެފައެވެ. ފަގީރުކަމުގެ ސަބަބުން ތައުލީމާއި ބޭސްފަރުވާ ފަދަ ޒަރޫރީ ބޭނުންތައް ނުފުއްދޭ ނައިޖާގައި މިފަދަ ކުލާސްތަކަށް ގިނަ އަދަދެއްގެ ކުދިން ދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!