އެފްރިކާ ދުނިޔެ

ރޯދަ މުދާ ދޫކުރި ޕާކިސްތާނުގެ ސެންޓަރެއްގައި ހިނގި ހަމަނުޖެހުންތަކެއްގައި 11 މީހުން މަރުވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޕާކިސްތާނުގެ ކަރާޗީގައި ރޯދަމަހަށް މުދާ ދޫކުރި ސެންޓަރެއްގައި ހިނގި ހަމަނުޖެހުންތަކެއްގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން 11 މީހުން މަރުވެއްޖެއެވެ.

Ads by Sosun Fihaara

ރިޕޯޓްތައް ބުނާގޮތުގައި މިއަދު ހިނގި މިހާދިސާ ހިނގަން މެދުވެރިވީ ސަބަބަކީ އެތައް ސަތޭކަ ބަޔަކު ގޮސް ފެކްޓްރީގެ ބޭރުގައި ކާބޯތަކެތި ހޯދުމަށް އެކަކު އަނެކަކު ކޮއްޕާ ފިއްތާ ހެދުމުގެ ސަަބަބުންނެވެ. އަދި މިހާދިސާގައި އެތައް ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. މިމީހުންނަށް ހޮސްޕިޓަލުތަކުގައި ދަނީ ފަރުވާދެމުންނެވެ.

ޕާކިސްތާނުގެ ހަބަރުތައް ބުނާގޮތުން މަރުވި މީހުންގެ ތެރޭގައި 8 އަންހެނުންނާއި 3 ކުޑަކުދިން ހިމެނެއެވެ.

ޕާކިސްތާނުގެ ޕޮލިހުން ބުނިގޮތުގައި ކާބޯތަކެތީގެ ޑިސްޓްރިބިއުޝަން ސެންޓަރު އިންތިޒާމްކުރި ފެކްޓްރީގެ ވެރިފަރާތުން ކާބޯތަކެތި ފޯރުކޮށްދިނުމަށް ހެދި ޕްލޭނާ ބެހޭ ގޮތުން ފުލުހުންނަށް އަންގާފައެއް ނުވެއެވެ. އެ ތަކެތި ބެހުމުގެ މައުލޫމާތު ފުލުހުންނަށް ނޭނގޭ ކަމަށާއި އެ މައުލޫމާތު ފުލުހުންނާއި ހިއްސާ ކުރިނަމަ އެސަރަހައްދުގައި ތޮއްޖެހުން ކުޑަކުރުމަށް ޕޮލިހުން ބައިތިއްބާނެކަމަށް ފުލުހުންވަނީ ބުނެފައެވެ.

މިހާދިސާ ހިނގައި ދިޔަ ގޮތާއި އިހުމާލުވީ ފަރާތްތައް ހޯދުމުގެ ތަހްގީގެއް މިހާރުވަނީ ފަށާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!