Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
އެފްރިކާ

ކަނޑުގެރިއެއް ކާލި ކުޑަ ކުއްޖަކު ސަލާމަތް ވެއްޖެ

ކަނޑުގެރިއެއް ކާލި ކުޑަ ކުއްޖަކު ސަލާމަތް ވެއްޖެ

ޔުގަންޑާގައި ކަނޑުގެރިއެއް ކާލި ކުޑަކުއްޖަކު ސަލާމަތްވެއްޖެއެވެ.

ޔުގަންޑާ ޕޮލިހުން މަޢުލޫމާތު ދިން ގޮތުގައި މި ކުއްޖާގެ ހަށިގަނޑުގެ ދެބައިކުޅަ އެއްބައި ކާލާފައި އޮއްވަ މީހަކު ގޮސް އެ ކުއްޖާ ސަލާމަތް ކުރީއެވެ.

ޑިސެމްބަރު 4 ވަނަ ދުވަހު މި ހާދިސާ ހިނގާފައިވަނީ އިގާ ޕައުލް ނަމަކަށް ކިޔާ މި ކުއްޖާ އޭނާގެ ގޭ ކައިރީގައި ހުއްޓައެވެ. އެވަގުތު އެތަނަށް ކަނޑުގެރި އެއް އައިސް އޭނާގެ ހަށިގަނޑުގެ އެއްބައި އެއްކޮށް ކައިލިއެވެ.

Advertisement
HDC — Sidebar (box)

މި ކުއްޖާ ސަލާމަތް ވީ އެވަގުތު އެތަނުގައި ހުރި ކްރިސްޕަސް ބަގޮންޒާ ނަމަކަށް ކިޔާ އަވައްޓެރިޔަކު އައިސް މި ޖަނަވާރުގެ ގަޔަށް ގާ އުކުމުން އޭތި ބިރުން އެ ކުއްޖާ އަނގައިން ނެރުނީމައެވެ.

މި ހާދިސާގައި އެ ކުއްޖާގެ އަތަށް ލިބުނު ޒަޚަމްތަކަށް ފަރުވާދިނުމަށް ވަގުތުން ކައިރީގައި ހުރި ކްލިނިކަކަށް  ގެންގޮސްފައެވެ. އަދި އެއަށްފަހު އިތުރު ފަރުވާއަށް ހޮސްޕިޓަލުގައި އޮތުމަށް ފަހު އެކުއްޖާ ވަނީ މިހާރު ދޫކޮށްލާފައެވެ. އޭނާ ގެޔަށް ދޫކޮށްލުމުގެ ކުރިން ރޭބީސް ވެކްސިންވެސް ވަނީ އޭނާގެ ގަޔަށް ޖަހައިފައެވެ.

ކަނޑުގެރިއަކީ އެންމެ ނުރައްކާތެރި ޖަނަވާރުތަކުގެ ތެރެއިން ޖަނަވާރެކެވެ. ކެނޯ އެއްގައި ދަތް އަޅައި، ދެފަޅިއަށް ބުރިކޮށްލުމުގެ ބާރުވެސް މި ޖަނަވާރަށް ލިބިގެންވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް