ޚަބަރު ޝަރުޢީ ދާއިރާ

މިއަދު ފެމިލީ ކޯޓުގައި 36 ކައިވެނި!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިއަދުގެ ރީތި ތާރީޚުގައި ފެމިލީ ކޯޓުގައި 36 ކައިވެނި ކޮށްދޭން ހަމަޖެހިފައިވާކަމަށް އެކޯޓުން ބުނެފިއެވެ.

Ads by Sosun Fihaara

ފެމިލީ ކޯޓުން މިއަދު ބުނި ގޮތުގައި މިއަދު ރަސްމީ ގަޑީގައި އެކޯޓުގައި 18 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާއިރު ނުރަސްމީ ގަޑީގައިވެސް 18 ކައިވެނި ކޮށްދިނުމަށް ވަނީ ހަމަޖެހިފައިކަމަށް އެކޯޓުން ބުނެއެވެ.

ރީތި ތާރީޚުތަކުގައި ކައިވެނި ކުރުމުގެ ސަގާފަތެއް ރާއްޖޭގައި އޮންނައިރު، މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުވެސް އެކޯޓުގައި ވަނީ 38 ކައިވެނިކޮށްދީފައެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުވެސް ފެމެލީ ކޯޓުގައި 18 ކައިވެނިވަނީ ކޮށްދީފައެވެ.

ފެމިލީ ކޯޓުގެ މިއަދުގެ ސެޑިއުލަށް ބަލާއިރު ވަރިއާއި ގުޅުން ހުރި 15 މައްސަލައެއްވަނީ ތާވަލުކޮށްފައެވެ.

މީގެ ތެރޭގައި ވަރި ސާބިތު ކުރުމަށް އެދި ހުށައަޅާފައިވާ މައްސަލަތަކާއި ވަރިވުމަށް އެދި އަދި ވަރި ކުރުމަށް އެދި ހުށައަޅާފައިވާ މައްސަލަތައް ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!