ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފި
ރާއްޖޭގެ ބޮޑުވަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ، މޯލްޑިވްސް މީޓިއޮރޮލޮޖީ ސާވިސް (މެޓް އޮފީހުން) ވައިޓް އެލާޓު ނެރުއްވައިފިއެވެ.
މި އެލާޓް ނެރުއްވައިފައިވަނީ، މިއަދު މެންދުރު 12:00 އިން އިރު އޮއްސި 6:30 އަށް ވައިޓް އެލާޓް ނެރުނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށެވެ.
މެޓް އޮފީހުން ނެރުއްވި އެލާޓްގައި ވާ ގޮތުން މި ސަރަހައްދުގެ ވިލާގަނޑުގައި ގަޑިއަކު 19މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނަކަށް ވައި ގަދަވާނެކަމަށް ލަފާކުރެވެއެވެ.
އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން މަޢުލޫމާތު ދެއްވައެވެ.
ރާއްޖޭގެ އުތުރަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ އިދާރާއިން ނެރޭ އެލާޓްތަކަށް ސަމާލުވާން އެ އިދާރާއިން އެދިލައްވައެވެ.
Ads by Allied Insurance