ބޮލީވުޑް މުނިފޫހިފިލުވުން

ސާރާ އެންމެ ހިތުގައި ޖެހުނު އަހަރަކީ 2020، ސިއްރަކީ ކޮބާ؟

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބަތަލާ ސާރާ އަލީ ހާން އާއި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަމަށް އަޑު ފެތުރުނު ކާރްތިކް އާރްޔާން

އެންމެ ހިތުގައި ޖެހުނު އަހަރަކީ 2020 ވަނަ އަހަރު ކަމަށް ބޮލީވުޑް ބަތަލާ ސާރާ ޢަލީ ޚާން ބުނެފިއެވެ.

Ads by MWSC

2020 ވަނަ އަހަރަކީ ސާރާއާއި އެކްޓަރު ކާރްތިކް އާރްޔާން އާއި ލޯބިގެ ގޮތުން ގުޅިގެން އުޅުމަށްފަހު ދެމީހުން ދުރުވި އަހަރު ކަމަށް އަޑު ފެތުރުނެވެ. އެހެންނަމަވެސް ސާރާ ހިތުގައި ޖެހުނީ އެކަމާ ގުޅިގެންކަން ކަށަވަރެއް ނުކޮށްދެއެވެ.

ރަންވީރް އައްލާބާޑިއާގެ ޕޮޑްކާސްޓު އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ސާރާ ބުނީ 2020 ވަނަ އަހަރަކީ ހުރިހައި ގޮތަކުންވެސް ވަރަށް ހިތުގައި ޖެހުނު އަހަރެއް ކަމަށެވެ. އެގޮތުން އެއް ކަމަކަށްފަހު، އަނެއްކަމެއް އެ އަހަރު ކުރިމަތިވަމުން ދިޔަކަމަށް އޭނާ ބުންޏެވެ.

ސާރާއާއި ކާރްތިކް އެކީގައި ފެނުނު "ލަވް އާޖް ކަލް" ރިލީޒް ކުރީ 2020 ވަނަ އަހަރުގެ ފެބުރުއަރީގަ މަހުގައެވެ. އޭރު ދެތަރިންގެ ދެމެދުގައި ލޯބީގެ ގުޅުމެއް ނެތްކަމަށް އަޑު ފެތުރުނެވެ. ސާރާ އިޝާރާތް ކުރީ އެ ހާދިސާއަށްކަމަށް ވެދާނެއެވެ.

އަނެއްކޮޅުން "ލަވް އާޖް ކަލް" ވެގެން ދިޔައީ އެވަރޭޖް ފިލްމަކަށެވެ. އުއްމީދު ކުރި ވަރާ ގާތަށްވެސް ފިލްމު ނުހިނގިއެވެ. ހަމަ އެ އަހަރު ރިލީޒް ކުރި ސާރާގެ "ޖުޑްވާ 2" ވެސް ވީ އެވަރޭޖް ފިލްމަކަށެވެ. ފިލްމަށް ބެލުންތެރިންގެ ތަރުހީބެއް ނުލިބުނެވެ.

ސާރާ އާއި ކާރްތިކް ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަން އެ ދެތަރިން މީޑިއާއަށް ކަށަވަރުކޮށެއް ނުދެއެވެ. އެހެންނަމަވެސް މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު އެފަދަ މޭރުމަކުން ވާހަކަ ދެއްކިއެވެ.

Ads by HDC
  1. ޖުޅުވާ 2 ގަ ސާރާ އެއް ނޫޅޭ