ބޮލީވުޑް މުނިފޫހިފިލުވުން

މީޑިއާތަކަށް ފެނިދާނެތީ ރަހާގެ މޫނު ރަންބީރު ފޮރުވައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރަންބީރު އޭނާގެ އަންހެނުން އާލިއާ އާއިއެކު

ކަޝްމީރުން އެނބުރި މުމްބާއީއަށް އައުމުން އެއާޕޯޓުން ނިކުމެ ކާރަށް އަރަން ދިޔަ މަގުމަތީގައި މީޑިއާތަކަށް ފެނިދާނެތީ ރަންބީރު ކަޕޫރު އޭނާގެ އަލަތު ދަރިފުޅު ރަހާ ކަޕޫރުގެ މޫނު ފޮރުވައިފި އެވެ.

Ads by STELCO

ރަންބީރާއި އަންހެނުން އާލިއާ ބަޓްގެ އަލަތު ދަރިފުޅު ރަހާ ކަޕޫރަށް މިހާރު 4 މަހެވެ. އާލިއާ އާއިއެކު ރަހާ ކަޝްމީރަށް ދިޔައީ އާލިއާ ޝޫޓު ކުރަން ފަށާފައިވާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ނުނިމި އޮތް ބައި ޝޫޓު ކުރާށެވެ. ޝޫޓިން ނިންމާލައި އާލިއާ ރަހާއާއިއެކު އެނބުރި މުމްބާއީއަށް އައީ އިއްޔެ އެވެ.

ރަހާ ގެންގުޅެނީ މީޑިއާތަކަށް ފޮރުވައިގެންނެވެ. އެއްވެސް ފޮޓޯއެއްވެސް މިހާތަނަށް ސޯޝަލް މީޑިއާގައިވެސް އާންމެއް ނުކުރެ އެވެ. އެއާޕޯޓުން ނިކުމެ ކާރަށް އަރަން ދިޔަ މަގުމަތީގައި ރަންބީރު ރަހާގެ މޫނު ފޮރުވުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. ސޯޝަލް މީޑިއާގައި ގިނަ މީހުން ދަނީ ރަންބީރު ދިން ރައްކާތެރިކަމަށް އޭނާއަށް ތައުރީފު ކުރަމުންނެވެ.

ރަންބީރު މިދުވަސްވަރު އުޅެނީ މިމަހު ރިލީޒްވާން ތައްޔާރުވަމުންދާ "ތޫ ޖޫޓީ މޭ މައްކާރު" ފިލްމުގެ ޕްރޮމޯޝަންގަ އެވެ. ފިލްމުގެ ޕްރޮމޯޝަން އިވެންޓުތަކަށް ރަންބީރު ދަނީ ބަތަލާ ޝްރައްދާ ކަޕޫރާއި މުޅިން ވަކިންނެވެ.

ޝްރައްދާ އާއި ރަންބީރު އެކީގައި އެއްވެސް އިވެންޓަކުން ނުފެންނާތީ އާލިއާއަށް އިނގިލި ދިއްކުރެވުނެވެ. އެހެންނަމަވެސް ރަންބީރު ވަނީ އާލިއާ އެފަދަ ގޮތަކަށް ޝްރައްދާއާއި ދިމާވެ އުޅުން މަނާ ނުކުރާކަމަށް ބުނެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!