Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

އަޅުގަނޑުމެންގެ ފިރިހެން މުވައްޒަފުން ކުރިއަށް ދަނީ އަންހެން މުވައްޒަފުންނާއެކު އެމީހުން ގޮވައިގެން:ޝަރީފް

އަޅުގަނޑުމެންގެ ފިރިހެން މުވައްޒަފުން ކުރިއަށް ދަނީ އަންހެން މުވައްޒަފުންނާއެކު އެމީހުން ގޮވައިގެން:ޝަރީފް
ސްޓެލްކޯގެ ފިރިހެން މުވައްޒަފުން ކުރިއަށް ދަނީ އަންހެން މުވައްޒަފުންނާއެކު، އެމީހުން ގޮވައިގެން ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ރޭ ކުޑަގިރީގައި މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށާއި، ރަމަޟާން މަހަށް މަރުހަބާ ކިއުމުގެ އިތުރުން، ކުންފުނިންދޭ ހައްޖު އަދި އުމްރާގެ ފުރުސަތަށް ގުރުއަތު ނެގުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެކުންފުނީގެ އަންހެން މުވައްޒަފުންނާއި މުހާތަބުކޮށް ޝަރީފް ވިދާޅުވީ ސްޓެލްކޯގެ މަސައްކަތު މާހައުލަކީ އަންހެން ބޭފުޅުންނަށް ރައްކާތެރި އަންހެން ބޭފުޅުންނަށް ގަދަރު ކުރާ އަދި އަންހެން ބޭފުޅުންނަށް ހަމަހަމަ ފުރުސަތު ލިބިފައި ތަނަވަސް ވެފައި އޮންނަ މާހައުލަކަށް ހެދުމަށްޓަކައި ވަރަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ހަމައެހެންމެ އެކުންފުނީގެ ފިރިހެން މުވައްޒަފުން ކުރިއަށް ދާނީ އަންހެން މުވައްޒަފުންނާއި އެކުގައި އެބޭފުޅުން ގޮވައިގެން ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެންގެ އަންހެން ކަނބަލުންނަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން ފިރިހެން މުއައްޒަފުން އިރާދަކުރެއްވިއްޔާ ތިބޭފުޅުން ގޮވައިގެން ކުރިއަށް ދާނޭ. ތިބޭފުޅުންނާއި އެކީގައި ކުރިއަށް ދާނޭ. އަދި ތިބޭފުޅުންނަށް އަޅުގަނޑުމެންގެ އިހްތިރާމާއި ގަދަރު ލިބިގެންވޭ. އަޅުގަނޑުމެން ތިބޭފުޅުންނަށް އިރާދަކުރެއްވިއްޔާ ރައްކާތެރިކަން އަޅުގަނޑުމެންގެ މަސައްކަތުގެ މާހައުލުގައި ހޯދައިދޭނަން"ޝަރީފް ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އަންހެނުންނާއި ފިރިހެނުން އަޅައި ނުކިޔޭނެކަމަށެވެ. އަދި ދެބައި މީހުންނަށްވެސް ހަމަހަމަ ފުރުސަތު ލިބެންޖެހޭނެކަމަށް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ. އަދި ތަބީއީ ގޮތުން އަންހެނުންނަށް ބައެއް ފުރުސަތުތައް ހަނިވެފައި އޮތް ނަމަވެސް އެއީ ހަމަހަމަ ނުވުން ނޫންކަމަށް ޝަރީފް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް