ޚަބަރު ސިޔާސީ

ގުރައިދޫ ދާއިރާ ބައި-އިލެކްޝަން: އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ހުސްވި ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.

Ads by STELCO

ޕްރައިމަރީގައި ހަތަރު ކެންޑިޑޭޓަކު ވާދަކުރައްވައެވެ.

އެއީ:

މުޙައްމަދު މުސްތަފާ – ވިވިޑް / ކ. މާފުށި،

ސަލްމާން ރަޝީދު – މާފަރިވާގެ / ކ. މާފުށި، އިބްރާހިމް

ޝާޒް – ފައިވްރޯޒް / ކ ގުރައިދޫ އަދި އަބްދުﷲ

ސައީދު – ވެލި / ކ. ގުރައިދޫ

އެމްޑީޕީން ބުނެފައިވަނީ ގުރައިދޫ ދާއިރާ ބައި-އިލެކްޝަންގެ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުން މާލެއާއި އެ ދާއިރާގެ ރަށްރަށުގައި ފެށިގެން ކުރިއަށްދާއިރު، ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ މިއަދުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

އެމްޑީޕީގެ މި ޕްރައިމަރީގެ ވޯޓުލުމަށް ކ.ގުޅި ސްކޫލުގައި ވޯޓު ފޮއްޓެއް، ކ މާފުށި ސްކޫލުގައި ވޯޓު ފޮއްޓެއް، ކ ގުރައިދޫ ޒުވާނުންގެ މަރުކަޒުގައި ވޯޓު ފޮއްޓެއް އަދި މާލޭގައި އެމް.ޑީ.ޕީ މައި ހަރުގޭގައި ވޯޓު ފޮއްޓެއް ބެހެއްޓިފައިވެއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ފެށިގެން ކުރިއަށް ދަނީ- ފޮޓޯ/

 

މި އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވަނީ ގުރައިދޫ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އިބްރާހިމް ރިޒާގެ ކޮއްކޮ ޙުސެއިން ރިޒާއެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ އަންނަ މަހުގެ 15 ގައެވެ. އެ ދާއިރާގެ ކުރީގެ މެމްބަރު ރިޒާ އަވަހާރަވެފައި ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯޯއްދަވަމުން ދަނިކޮށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!