Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އަފްޣާނިސްތާނުން ހިޖުރަ ކުރާ މީހުންނަށް ރާއްޖެއިން މަރުހަބާ ކިޔަން ޖެހޭ: އިބްރާ

އަފްޣާނިސްތާނުން ހިޖުރަ ކުރާ މީހުންނަށް ރާއްޖެއިން މަރުހަބާ ކިޔަން ޖެހޭ: އިބްރާ

އަފްޣާނިސްތާނުން ހިޖުރަ ކުރާ މީހުންނަށް ރާއްޖެއިން މަރުހަބާ ކިޔަން ވެއްޖެ ކަމަށް އެންޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް(އިބްރާ) ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ ރާއްޖެއަށް ވެސް ފައިދާ ކުރާނެ ކަމެއް ކަމުގައެވެ. މިކަމުގެ އިޖްތިމާޢީ، އަދި އިޤްތިޞާދީ ފައިދާ ރާއްޖެއަށް ވެސް ކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ތާލިބާނުންނަށް އަފްޣާނިސްތާނުގެ ވެރިކަން ލިބުނު ފަހުން، މިނިވަންކަމެއް ނެތް ކަމަށް ބުނެ، އެ ޤައުމުގެ އެތައްހާސް ބަޔަކު އަންނަނީ ބޭރުގެ އެކި ޤައުމުތަކަށް ދިރިއުޅުން ބަދަލު ކުރަމުންނެވެ. ގިނަ ބަޔަކު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން އަންނަނީ، ތާލިބާނުން އަފްޣާން ރައްޔިތުންނަށް އިންސާނީ ޙައްޤުތައް ކަށަވަރު ކޮށް ނުދޭ ކަމަށް ބުނެއެވެ. މިގޮތުން އަންހެން ކުދިން ސްކޫލަށް ގޮސް ކިޔެވުން މަނާ ކުރުން ފަދަ ކަންކަމާ ދެކޮޅަށް އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ދަނީ އަޑުއުފުލަމުންނެވެ.  

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް