މި އަހަރުގެ ސްޕޯޓްްސްއެވޯޑްްސް، އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަނީ
"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023" އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މިއީ މިދިޔަ އަހަރު ދޭން ފެށި އެވޯޑެކެވެ.
މި އަހަރުގެ އެވޯޑި ހަފްލާގައި ވެެސް، ރާއްޖޭގައި ކުޅިވަރު ކުޅޭ ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން ފެށުނު ހަފްލާގައި ކުޅުންތެރިންނާއި ކޯޗުންނާއި ކުޅިވަރުގެ އޮފިޝަލުންގެ އިތުރުން ކުޅިވަރުން ރަން ވަނަތައް ހޯދާ ކުޅުންތެރިންނަށް ވެސް އެވޯޑް ދޭނެއެވެ.
މި އިވެންޓްގައި ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުޅިވަރު ޝަހުސިއްޔަތުތަކެއް ބައިވެރިވާނެ ކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ.
މިއަހަރުގެ ހަފްލާގައި ބައިވެރިވާ މަޝްހޫރު ފަރާތްތައް:
އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް ޖޭމްސް
ކްރިކެޓްގެ ތާރީހީ ރެކޯޑްތަކެއް ހޯލްޑް ކުރާ ބެޓްސްމަން
ބްރަޔާން ލާރާ
ސްޕެޝަލް އެތުލީޓް، މާލޫ ވެން ރައިން
މިފަހަރުގެ އެވޯޑުތަކުގެ ނޮމިނޭޝަންތައް އިއުލާނު ކުރަން ފަށައިފައިވާއިރު، އެންމެ މޮޅު ބޮޑީބިލްޑިންގ އެތްލީޓްގެ މަގާމާއި، ބާސްކެޓްބޯޅައިގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާގެ މަގާމް، އެންމެ މޮޅު ފިރިހެން ހޭންޑްބޯލް ކުޅުންތެރިޔާގެ މަގާމް، ކެރަމްގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާގެ މަގާމް، ޓެނިިސްގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ މަގާމް، އަދި ޕޯލް ބިލިއާރޑްގެ އެންމެ މޮޅޫ އަންހެން ކުޅުންތެރިޔާގެ މަގާމްގެ ނޮމިނޭޝަން މިހާރު ވަނީ އިއުލާން ކޮށްފައެވެ.