ޚަބަރު އިޖުތިމާޢީ

ރޯދަމަހު ދުވާލު މުދާ އުފުލޭނެ ގަޑި އާއްމު ކޮށްފި، ޚިލާފުވެއްޖެ ނަމަ 750 އިން ޖޫރިމަނާ!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
MV Police service
ދެން އިމޭޖްސް

ރޯދަމަހާއި ޝަައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ދުވާލު ގަޑީގައި މާލެ ސަރަހައްދުގައިި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި މުދާ އުފުލޭނީ ހެނދުނު 9 އިން ފެށިގެން ހަވީރު 4:30އަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އަންގަވައިފިއެވެ.

Ads by Sosun Fihaara

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން މިއަދު ކުރެއްވި އިޢުލާނެއްގައި ބުނީ ހުރިހައި ބާވަތެއްގެ މުދާ، ހުރިހައި ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި އުފުލޭނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:30 އަށް އަދި ރޭގަނޑު 20:00 އިން ފެށިގެން ހެނދުނު 6:00 އަށް ކަމަށެވެ.

އަދި ހަވީރު 16:30 އިން ފެށިގެން 20:00 އާއި ދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް، އެއްވެސް ބާވަތެއްގެ އުޅަނދެއްގައި ވިޔަފާރި އުޞޫލުން އުފުލުމަކީ މަނާކަމެއްކަމަށްވެސް މި އިޢުލާނުގައިވެއެވެ.

މި އިޢުލާނުގައި އިތުރަށް ބުނެފައިވަނީ ބުރިޖުން ހުރިހާ ގިންތިއެއްގައި މުދާ އުފުލާ އުޅަނދުގައި މުދާ އުފުލޭނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:00 އަށް އަދި ދަންވަރު 1:00 އިން ފެށިގެން ހެނދުނު 6:00 އަށް ކަމަށެވެ.

މި ވަގުތުގައި އުޅަނދުތައް ބުރިޖަށް އަރަންވާނީ މާލެ ދެކުނުފަރާތުން ބޮޑުތަކުރުފާނު މަގުންނެވެ. އަދި މިނޫން ވަގުތުތަކުގައި ބުރިޖުމަތިން މުދާ އުފުލުމަކީ މަނާކަމެއްކަމަށްވެސް މި އިޢުލާނުގައވެއެވެ.

ބުރިޖު ހުރަސްކޮށް ފެނާއި ކައްކާ ގޭސް އުފުލޭނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:00 އަށް އަދި ރޭގަނޑު 20:00 އިން ފެށިގެން ހެނދުނު 6:00 އަށް ކަމަށާއި ދި މިނޫން ވަގުތުތަކުގައި ބުރިޖުމަތިން ފެނާއި ކައްކާ ގޭސް އުފުލުމަކީ މަނާކަމެއްކަމަށް ވެސް މި މިއުލާނުގައި ވިދާޅުވެފައެވެ.

މި އިޢުލާނުގައި ބުނެފައިވާގޮތުން މިއެންގުމާއި ޚިލާފުވާ ފަރާތްތަކައް ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫން) ގެ 3 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން އެ ޤާނޫނުގެ 68 ވަނަ މާއްދާގެ ދަށުން 750 ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!