Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

ރޯދައަށް ފިރާގު ހެއްދި ކަރާ ދަނޑު، ސުންނާފަތިކޮށްލައިފި، އާއިލާއަށް ލިބުނު ގެއްލުން އަންދާޒާ ނުކުރެވޭ

ރޯދައަށް ފިރާގު ހެއްދި ކަރާ ދަނޑު، ސުންނާފަތިކޮށްލައިފި، އާއިލާއަށް ލިބުނު ގެއްލުން އަންދާޒާ ނުކުރެވޭ

ރޯދައަށް ހާއްސަކޮށް މ. ކޮޅުފުށީގައި ހައްދާފައި އޮތް ކަރާ ދަނޑަކަށް ގެއްލުންދީ ކަރާތައް ހަލާކޮށްލައިފިއެވެ.

ކޮޅުފުށީ ދަނޑުވެރިއެއް ކަމަށްވާ މޫސާ ފިރާގު މި ރޯދަމަހަށް ހެއްދި ކަރާ ދަނޑުގައި ހެދިފައި ހުރި ކަރާތައް މި ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ކެނޑޭވަރު ވާނެކަމަށް އޭނާގެ ދަރިފުޅު މުހައްމަދު ފަޒީލް ބުންޏެވެ. ފަޒީލް ބުނިގޮތުގައި އޭނާގެ ބައްޕަގެ ކަރާދަނޑަށް ބަޔަކު ގެއްލުން ދީ ކަރާތައް ކަނޑާ ހަލާކުކޮށް އުކާލަން ޖެހޭ ސަބަބެއް ނުވިސްނެއެވެ. އަދި ދަނޑަށް ގެއްލުން ދީފައިވާކަން އެނގުނީވެސް އެވާހަކަ މީހުން ބުނުމުންކަމަށް ފަޒީލް ބުންޏެވެ.

"ބައްޕައާއި ދެމީހުން ދެން ދިޔައީ ދިޔައިރު ހުރީ ހަމަ ހުރިހާ ކަރާތައް އެތަނަށް ހަމަ ޗިސްކޮށްފައި ފައިން އަރާފައި ދެން ޖެހިގެން އޮތް ދަނޑަށް އުކާފައިވެސް ހުރި. އަދި ރަށުގެ މަގެއްގައި ހުރި ހަމައެގޮތަށް ދެން ކައިފަވެސް ހުރި" ފަޒީލް ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

<img class="alignnone size-full wp-image-179301" src="https://cdn.dhen.mv/wp-content/uploads/2023/03/viber_image_2023-03-15_16-14-58-379.jpg" alt="" width="1200" height="1600" />

ފަޒީލް ބުނީ އެސަރަހައްދުގައި 12 ވަރަކަށް ދަނޑު އޮތް އިރު ގެއްލުން ދީފައިވަނީ ހަމައެކަނި ފަޒީލްގެ ބައްޕަގެ ދަނޑަށްކަމަށާއި އިތުރު އެހެން ދަނޑަކަށް އެއްވެސް ގެއްލުމެއް ދީފައިނުވާކަމަށެވެ. އަދި މިއީ ޒާތީ ގޮތުން ކޮށްފައިވާކަަމެއްކަމަށް ބެލޭވޭ ކަމަށާއި ކުރިން އެފަދަ އިންޒާރެއްވެސް ލިބިފައި ނުވާކަމަށް ފަޒީލް ފާހަގަކުރިއެވެ.

"ދެން އަޅުގަނޑުމެން ދަނޑުގައި ހުންނާނެ ހަމަ ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ކެނޑޭވަރަށް ކަރާ ބޮޑެތިވެފަ. ދެން ބައްޕަ މިކަން ކުރަނީ ވަރަށް ވަގުތު ދީގެން ކުރާ މަސައްކަތެއް ދެން ވަރަށް ބޮޑު ގެއްލުމެއްމީ" ފަޒީލް ބުންޏެވެ.

<img class="alignnone size-full wp-image-179300" src="https://cdn.dhen.mv/wp-content/uploads/2023/03/viber_image_2023-03-15_16-13-27-149.jpg" alt="" width="1200" height="1600" />

ފަޒީލް ބުނިގޮތުގައި މިދިޔަ ރޯދަމަހުވެސް އޭނާގެ ބައްޕަ ވަނީ މާލޭއާއި ރަށްރަށަށްވެސް ކަރާ ވިއްކައިގެން ރަނގަޅު އާމްދަނީ އެއްލިބުނުކަމަށާއި މިކަމުގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ލިބުނު ގެއްލުން އަންދާޒާ ނުކުރެވޭނެކަމަށް ފަޒީލް ވަނީ ފާހަގަކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް