ޚަބަރު ޝަރުޢީ ދާއިރާ

ރަމަޟާން މަހަށް ހަނދު ސާބިތުކުރުން މާދަމާރޭ، ހެކިބަސް ދިނުމަށް އައުމާއި ދިއުމުގެ ޚަރަދު ދޭނެ!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ހަނދު ސާބިތު ކުރުމުގެ ރަސްމިއްޔާތެއްގެ ތެރެއިން/ ފޮޓޯ: އަވަސް

1444 ވަނަ އަހަރުގެ ރަމަޟާން މަހަށް ހަނދު ސާބިތުކުރުން މާދަމާރޭ އޮންނާނެކަމަށާއި ހަނދު ސާބިތު ކުރުމަށް ހެކިބަސް ދިނުމަށް އައުމާއި ދިއުމުގެ ޚަރަދު ދޭގޮތަށް ހަމަޖެހިފައިވާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.

Ads by Sosun Fihaara

ޑީޖޭއޭ މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅު މަތީގައި ކަމަށާއި އަތޮޅު ތެރޭގެ ރަށެއްގައިނަމަ، އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައެވެ. މެޖިސްޓްރޭޓެއް ޤާޢިމުވެ ނެތް ރަށެއްގައިނަމަ އެވަގުތަކު އެ ރަށުގެ ރަށުކައުންސިލްގެ އިދާރާ ހިންގެވުމާއި ޙަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިފުޅު މަތީގައިކަމަށެވެ.

"ހަނދު ފެނިގެން އެ މަޢުލޫމާތުދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންވާނެއެވެ." ޑީޖޭއޭގެ އިއުލާނުގައި ބުނެފައިވެއެވެ.

މިއިއުލާނުގައި ބުނެފައި ރަމަޟާންމަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން 29 ޝަޢްބާން  1444 (21 މާރިޗް 2023) ވާ އަންގާރަ  ދުވަހުގެ ހަވީރު 5.30 ން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާ ތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެކަމަށެވެ.

މީގެއިތުރުން ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި، ދިއުމުގެ ޚަރަދު ދޭ ގޮތަށް ވަނީ ހަމަޖެހިފައިކަމަށްވެސް މިއިއުލާނުގައި ބުނެފައިވެއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!