އޭޝިއާ ދުނިޔެ

ޑރ.ޒާކިރު ނައިކް އޮމާނުން ޑީޕޯޓްކޮށްފާނެ ކަމަށް ބުނެފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ދީނީ އިލްމުވެރިޔާ ޒާކިރު ނައިކް އޮމާނުން ފޮނުވާލުމުގެ ފުރުސަތު އެބައޮތް ކަމަށް އިންޑިއާގެ ނޫހަކުން ބުނެފިއެވެ.

Ads by WAMCO

މިމަހުގެ 23 ވަނަ ދުވަހު ނައިކް ހައްޔަރުކުރުމަށް އިންޑިއާގެ ޖާސޫސީ އިދާރާތަކުން މިހާރުވެސް ދަނީ އޮމާންގެ އޮފިޝަލުންނާ ބައްދަލުކުރައްވަމުން ކަމަށް އެނޫހުން ބުނެފައިވެއެވެ. އެނޫހުން ބުނެފައިވާގޮތުން

މައުލޫމާތު ލިބިފައިވާގޮތުގައި ޑރ ޒާކިރު ނައިކް އަށް އޮމާންއަށް ދައުވަތު ދީފައި ވަނީ ދެ ލެކްޗަރެއް ދެއްވުމަށެވެ. އޮމާންގެ މިނިސްޓްރީ އޮފް އަޢުޤާފް އެންޑް ރިލިޖަސް އެފެއާޒްއިން ދިން ދައުވަތުގައި މިމަހުގެ 23 ވަނަ ދުވަހު އޭނާގެ ފުރަތަމަ ލެކްޗަރ " ދަ ޤުރުއާން އެޒް އަ ވޯލްޑް ނީޑް" ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދެވަނަ ލެކްޗަރ، "ރަސޫލާ މުޙައްމަދު ޞައްލަالله ޢަލައިހި ވަސައްލަމަ އިންސާނުންނަށް އޯގާތެރިކަމެއް" މި މަހުގެ 25 ވަނަ ދުވަހުގެ ހަވީރު ސުލްޠާން ޤަބޫސް ޔުނިވަރސިޓީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިން ގަތަރުން ވަނީ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ދީނީ ދަރުސް ދިނުމަށް ޑރ. ޒާކިރު ނާއިކްއަށް ދައުވަތު ދީފަ އެވެ. އިންޑިއާގައި މަނީ ލޯންޑަރިން އާއި ނަފްރަތު އުފެއްދުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ނާއިކް 2017 ވަނަ އަހަރުން ފެށިގެން މެލޭޝިއާގައި ދިރިއުޅެމުން އަންނަނީ ފިލައިގެން އުޅޭ މީހެއްގެ ގޮތުގައެވެ. އަދި އިންޑިއާގައި އޭނާގެ ޗެނަލް ކަމުގައިވާ ޕީސް ޓީވީ ވަނީ މަނާކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!