Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ދެކުނުގެ ހަތަރު އަތޮޅަށް ވައިޓް އެލާޓު

ދެކުނުގެ ހަތަރު އަތޮޅަށް ވައިޓް އެލާޓު

ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރައްވައި، މެޓް އޮފީހުން ވައިޓް އެލާޓް ނެރުއްވައިފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ އިން އެ އެލާޓް ގއ. އަތޮޅާއި ގދ. އަތޮޅާއި ފުވައްމުލަކުގެ އިތުރުން އައްޑު އަށް ނެރެފައި ވަނީ ހެނދުނު 8:30 އިން ފެށިގެން މެންދުރު ފަހު 1:30 އާ ހަމައަށެވެ.

އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރާނެ ކަމަށް ވެސް ލަފާކުރައްވައިފައިވެސްއެވެ.

Advertisement
HDC — Sidebar (box)

އެހެންވެ ކަނޑު ދަތުރުކުރާ އިރު، މޫސުމަށް ބަލައިގެން ދަތުރުކުރަން ކަމާބެހޭ އިދާރާތަކުން އެދިފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް