ޚަބަރު ސިޔާސީ

ވަށައިގެން މީހުން އެނބުރުމަކީ ލީޑަރޝިޕް ރަމްޒު ކޮށްދޭ ކަމެއް ނޫން: ޢަލީ ޙުސެއިން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ބާރު އޮންނަ ދުވަހު، ތިމާގެ ވަށައިގެން މީހުން އެނބުރުމަކީ ލީޑަރޝިޕް ރަމްޒުކޮށްދޭ ކަމެއް ނޫން ކަމަށް ވިދާޅުވެ، މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ހުސެއިން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަމާއި ބާރު ތިމާގެ އަތުގައި އޮންނަ އިރު، އޮއެވާއްޔެއްގެ ދޮށުގައި މަސް އަޅާފައި އޮންނަ ބީދައިން ތިމާގެ ވަށައިގެން މީހުން އެނބުރުމަކީ ތިމާގެ އިސްނެގުމާއި ލީޑަޝިޕް ރަމްޒުކޮށްދޭ ކަމެއް ނޫން ކަމަށެވެ.

"ހޭފަށަށް އޮއެވާލި އަރާއިރު ރޮނޑު ނޫން ހުރިހައި މަހެއް ފިލާނެ." އަލީ ވިދާޅުވިއެވެ.

އަލީ ހުސެއިން މިހެން ވިދާޅުވިއިރު، އޭނާ ނިސްބަތްވާ ޖޭޕީން ވަނީ ރައީސް ޞާލިޙާއެކުގައި ކޯލިޝަން ނުހަދައި، ރިޔާސީ އިންތިޚާބަށް ނުކުންނަން ނިންމައިފައެވެ. އަދި އެމްޑީޕީގެ ރައީީސް މުޙައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" އާއެކު މި އަހަރުގެ ރިޔާސީ އިންތިޚާބަށް މެނިފެސްޓޯ އެކުލަވައިލުމުގެ މަސައްކަތްވެސް ވަނީ ފަށައިފައެވެ.

 

 

Ads by HDC
  1. އައްލާބެ

    އައްޔާ ކަލެއަށް ކަމުދާ އެއްސަރުކާރެއްވެސް މިހާތަނަށް މިގައުމުގައި ވެރިކަންކޮށްފައެއްނެތް. މައުމޫނުގެ ވެރިކަން ވެއްޓުމަށްފަހު ކެނެރީގޭ ނަޝީދަށްވެރިކަން ލިބުނުގޮތުން އެކަމާއި ހަސަދަލައިގެންއުޅޭކަން އަހަރުމެންނަށް އިނގޭ.

  2. ކުނިބުނި

    ބަލަގަ، ގާސިމް ވަށައިގެން (މި މަނިކުފާނުވެސް ހިމެނޭހެން) މީހުން އެނބުރޭ ވާހަކައޭ އަސްލު އެ ވިދާޅުވަނީ…