ޚަބަރު ސަރުކާރު

ޖެމްސްގެ އައު ވަރޝަން، ބޭނުން ކުރެއްވުމާއި ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ގަވަރމެންޓް އީ-ލެޓަރ މެނޭޖްމެންޓް ސިސްޓަމް (ޖެމްސް)ގެ އައު ވަރޝަން، ޖެމްސް ވަރކް ސްޕޭސް ތަޢާރުފް ކުރެއްވުމާއި ލިޔެކިޔުންތައް ބަދަލުކުރުމުގެ އުޞޫލުތަކަށް ބަދަލުގެނައުމާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވައިފިއެވެ.

Ads by MWSC

ރައީސް އޮފީހުން މިއަދު ވިދާޅުވީ މިކަމާއި ގުޅޭ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ހުށައެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ކުރެއްވި މަޝްވަރާގައި ވަނީ، ޖެމްސް މެދުވެރިކޮށް ރަސްމީ ލިޔެކިޔުންތައް ބަދަލުކުރުމުގައި މިހާރުގެ ޓެކްނޮލޮޖީއާ އެއްހަމައިގައި ކުރިޔަށް ގެންދިޔުމުގެ މުހިންމުކަން ފާހަގަކުރައްވާފި ކަމަށެވެ. މިގޮތުން، ޖެމްސްގެ އައު ވަރޝަން ހަތަރު ފިޔަވައްސަކަށް ބައްސަވާލައްވައިގެން ލޯންޗު ކުރުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވައކފައެވެ.

އަލަށް ތަޢާރަފްކުރެވޭ ޖެމްސްގެ އައުވަރޝަން ފަރުމާކޮށްފައި ވަނީ، ޖެމްސް މެދުވެރިކޮށް ރަސްމީ މުއާމަލާތްތައް ކުރުމަށްޓަކައި، ލިޔެކިޔުން ތައްޔާރުކުރުމަށް، އެހެން ސޮފްޓްވެއާއެއް ބޭނުން ކުރަން ނުޖެހޭގޮތަށް، ޓެމްޕްލޭޓްތައް ހިމަނައި، ޖެމްސްއިން ސިޓީ ބިޓީ ޑްރާފްޓްކޮށް، އެފަދަ ސިޓީ ބިޓީތައް ޕްރިންޓް ނުކޮށް އިލެކްޓްރޯނިކް ސޮޔާއެކު ފޮނުވޭ ގޮތަށެވެ.

މީގެ އިތުރުން ޖެމްސް ވަރކް ސްޕޭސް ލޯންޗު ކުރުމުގެ ހަތަރުވަނަ ފިޔަވަހި ނިމޭއިރު، ވިޔަފާރިތަކާއި ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކަށްވެސް ޖެމްސްގެ ތެރެއިން ސަރުކާރުގެ އިދާރާތަަކަށް ސިޓީބިޓި ފޮނުވައި މުއާމަލާތްކުރެވޭނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

މިހާރު ބޭނުން ކުރަމުންދާ، ގަވަރމެންޓް އީ-ލެޓަރ މެނޭޖްމެންޓް ސިސްޓަމް (ޖެމްސް)އަކީ، 2010 ވަނަ އަހަރު ބޭނުން ކުރަންފެށުނު ސިސްޓަމެކެވެ. އަދި އޭރު ޖެމްސް ޑިވެލޮޕްކުރުމަށް ބޭނުންކޮށްފައިވާ ފްރޭމްވޯކާއި، ޓެކްނޮލޮޖީ އައުޓްޑޭޓްވެފައި ވުމުގެ ސަބަބުން، ޖެމްސް މެނޭޖްކޮށް ސަޕޯޓްދިނުމަށް ވަރަށް ބޮޑަށް ދަތިވެފައިވާކަން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ފާހަގަކުރައްވާފައިވެއެވެ.

 

Ads by Ooredoo
  1. އައްޔު

    ހައްހައް