ބޮލީވުޑް މުނިފޫހިފިލުވުން

މަހޭޝް ބަޓް ކައިވެނިން ބޭރުގައި ބޭއްވި ގުޅުންތައް ދިފާއު ކުރުމުން އާލިއާ ހޫނުފެނަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރ މަހޭޝް ބަޓަކީ ކައިވެނިން ބޭރުން އެކި އަންހެނުންނާއި ގުޅުން ބާއްވާކަމަށް ގިނަ އަޑުތަކެއް ފެތުރިފައިވާ މީހެކެވެ. އެހެންނަމަވެސް އެކަން ދިފާއުކޮށް އޭނާގެ ދަރިފުޅު އަދި އެކްޓްރެސް އާލިއާ ބަޓް ވާހަކަ ދެއްކުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެއެވެ.

Ads by STELCO

އާލިއާ ބުނިގޮތުގައި އޭނާގެ މަންމައާއި ބައްޕަ ދިމާވީ ކައިވެނިން ބޭރު ގުޅުމެއްގެ ސަބަބުންނެވެ. އަދި ދިރިއުޅުމުގައި ބައެއް ފަހަރު ކަންކަން ދިމާވަނީ ސަބަބުތަކަކާއި ހުރެކަމަށާއި ގޯސް ކަންކަމަށް ތާއިދު ކުރަނީ ނޫންކަމަށް އޭނާ ބުނެފައިވެއެވެ. އެކަމަކު އެއީ އިންސާނީ ތަބީއަތްކަމަށާއި އެހެންކަމުން އެފަދަ ކަންކަން ބައެއް ފަހަރު ހިނގާކަމަށް އާލިއާ ވަނީ ބުނެފައެވެ.

2019 ވަނަ އަހަރު އޭޝިއަން އޭޖް އަށް ދިން އިންޓަވިއުއެއްގައި އޭނާ މިހެން ބުނެފައިވާއިރު މިވާހަކަ ހޫނުވެ އޭނާއަށް ފާޑުކިޔުން އަމާޒުވާން ދިމާވި ސަބަބަކީ އެއިންޓަރވިއު މީހަކު އަލުން ޝެއާކުރުމުންނެވެ.

ބައްޕަގެ މި އަމަލުގެ ދިފާއުގައި އާލިއާ ދެއްކި ވާހަކަތަކާއި މެދު ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވާއިރު އޭނާގެ ފިރިމީހާ ރަންބީރު ކަޕޫރު އޭނާއަށް "ޗީޓު" ކޮށްފިނަމަވެސް މިގޮތަށް ދެކޭނަންތޯ އަހައި ގިނަބަޔަކުވަނީ ސުވާލު އުފައްދާފައެވެ. އަދި އާލިއާ ފަދަ މީހެއްގެ ފަރާތުން މިފަދަ ވާހަކަތަކަކީ މިއީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫންކަމަށްވެސް ބައެއް މީހުން ވަނީ ބުނެފައެވެ.

Ads by Ooredoo
  1. ހާލުފޮޅި ފޮޅި

    އޭނަވެސް ކައިވެނި ކުރީ ހިތުން ބަނޑުބޮޑުކަން ސިއްރުކުރާކަންނު.. ތީ އިންސާނުން އުޅޭގޮތަށް އުޅޭބައެއް ނޫން..

    • ހެހެ

      އިންސާނުންނެއް ނޫންތަ ކައިވެނިން ބޭރުން ގުޅުން ހިންގައި ބަނޑުބޮޑުވަނީ؟ މަށަށް އެނގިފަ ނެތް ކަމެއް ޖަނަވާރުން ކައިވެނި ކުރާ ކަން