ޚަބަރު ސިޔާސީ

ގްރީން ޕާޓީން ރައީސް ޞާލިހާއެކު ކޯލިޝަން ހަދަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އުފައްދަވާފައިވާ ގްރީން ޕާޓީ އޮފް މޯލްޑިވްސް އިން އަންނަ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއެކު ކޯލިޝަން ހެދުމަށް ނިންމައިފިއެވެ.

Ads by Sosun Fihaara

މިކަން އިޢުލާނުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

"އުފާވެރި ޚަބަރެއް އެބައޮތް. ގްރީން ޕާޓީއަށް ސޮއިކުރި ކުރިހާ ބޭފުޅުންނަށް ތަހުނިޔާއާއި މުބާރަކް ބާދީ ދަންނަވަން. އާދިއްތަ ދުވަހު ގްރީން ޕާޓީ އެބަ ނުކުމޭ. ކޯލިޝަން އިބްރާހިމް މުހައްމަދު ޞާލިހާ މިގަރާރުގެ ތެރެއިން ނަރުދަމާއާ އަޅަން މިއުޅެނީ ކޯލިޝަން ހަދަން އިބްރާހިމް މުހައްމަދު ޞާލިހާއެކީގައި" ޖާބިރު ވިދާޅުވިއެވެ

"ގްރީން ޕާޓީ އޮފް މޯލްޑިވްސް" ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ޖާބިރަށް އިލެކްޝަން ކޮމިޝަނުން ހުއްދަ ދީފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޓިކެޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ލިބިފައިވާއިރު އަދާލަތު ޕާޓީއާއި އެމްޑީއޭއިން ވަނީ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހާއެކު ކޯލިޝަން ހަދައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!