Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ޝިފާޒު ވަކި ކުރުމުން ފާޑުކިޔާ ފަރާތްތަކަށް ރޮޒައިނާގެ ރައްދެއް

ޝިފާޒު ވަކި ކުރުމުން ފާޑުކިޔާ ފަރާތްތަކަށް ރޮޒައިނާގެ ރައްދެއް

އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަޤާމުން ވަކި ކުރެއްވުމުން، ފާޑުކިޔާ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ރައްދު ދެއްވައިފިއެވެ.

ރައީސް ޞާލިހު މިއަދު ވަނީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަޤާމުން ޝިފާޒު ވަކިކުރައްވައިފައެވެ.

ޝިފާޒަކީ ރައީސް މުޙައްމަދު ނަޝީދާ ވަރަށް އަރިސް ބޭފުޅެކެވެ. އެގޮތުން ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުގައި ޝިފާޒު އިސްކޮށް މަސައްކަތް ކުރައްވައެވެ.

Advertisement
HDC — Sidebar (box)

ރޮޒައިނާ ވިދާޅުވީ ސިޔާސީ މަގާމެއްގައި ހުންނަވާ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް މަސައްކަތް ކުރާއިރުވެސް އޭނާއަކީ ވެރިކަން ހޯދަން މަސައްކަތް ކުރި މީހެއްކަމަށް ބަލައިގެން މަގާމުގައި ބެހެއްޓުމަކީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ޝިފާޒު ވަކިކުރަން ރައީސުލްޖުމްހުރިއްޔާ ނިންމެވި ނިންމެވުމަކީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެވެސް އެދުމެއްކަމަށެވެ.

ޝިފާޒް މަޤާމުން ވަކިކުރައްވާފައިވާއިރު، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އެމްޑީ ޙުސައިން އަމްރު ވެސް ވަނީ މަޤާމުން ވަކިކުރައްވައިފައެވެ.

އޭނާއަކީވެސް ރައީސް ނަޝީދު ހިންގަވާ ފިކުރެއްގެ ދިރުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅެކެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް