Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރު، އެކި ހިސާބަށް ބޯކޮށް ވާރޭ ވެހޭނެ

ކުރިއަށް އޮތް 24 ގަޑިއިރު، އެކި ހިސާބަށް ބޯކޮށް ވާރޭ ވެހޭނެ

ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.

ބޯކށް ވާރޭ ވެހި ގުގުރަމުން ދިޔުމާއެކު، މެޓް އޮފީހުން ވަނީ، ކ.އަތޮޅުން ފެށިގެން ވ.އަތޮޅާ ހަމައަށް ހުދު ސަމާލު ނެރުއްވައިފައެވެ. މެޓުން ވިދާޅުވީ މި ވިއްސާރައިގައި، ހުޅަނގު އުތުރާއި، އުތުރުން ގަޑިއަކު ތިން މޭލާއި، 13 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށެވެ. ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، ރާޅުތަކުގެ އުސްމިނުގައި ހަތަރު ފޫޓު ހުރެދާނެ ކަމަށް މެޓުން ވިދާޅުވެއެވެ. މެޓް އޮފީހުން ވަނީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން، މޫސުމަށް ސަމާލުކަން ދީގެން ދަތުރު ކުރުމަށް އިލްތިމާސް ކުރައްވައިފިއެވެ. ވިއްސާރައިގެ ސަބަބުން، މިއަދު މާލޭގެ މަގުތަކުގައި ވެސް ވަރަށް ބޮޑަށް ފެންބޮޑުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް