މެދުއިރުމަތި ދުނިޔެ

އިސްރާއީލުން ޝަހީދުކޮށްލައިފައިވާ ބައްޕަ ކައިރީގައި ދަރިފުޅު، "ބައްޕަ މިހާރު ފެންނަނީ ވަރަށް އުފާވެރިކޮށް "

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ހައްދު ފަހަނަ އަޅައިފައިވާ އިސްރާއިލުގެ ލާއިންސާނީ ހަމަލާތަކުގައި ފަލަސްތީނުގެ ރައްޔިތުން ޝަހީދުނުވާ އެންމެ ދުވަހެއްވެސް ނުދެއެވެ. ކޮންމެ ދުވަހަކު ފަލަސްތީނުގެ މާތް ބިމަށް އޮހޮރޭ މުސްލިމުންގެ ލޭގެ ވާހަކަ ދައްކާނެ ބައިނަލްއަޤްވާމީ ޖަމުއިއްޔާތަކެއް ނެތެވެ.

Ads by Sosun Fihaara

ފަލަސްތީނުގެ ބިމުން ކޮންމެ ދުވަހަކު ފެނިގެންދަނީ މުސްލިމުންގެ ހިތްތައް ކަތިލެވޭ ފަދަ އަސަރުން ފުރިގެންވާ މަންޒަރުތަކެވެ.

މި ރޯދަމަސް ފެށުމާއެކު އިސްރާއިލު ސިފައިންގެ ޖެއްސުންކުރުންތައް ފަލަސްތީނު ރައްޔިތުންނަށް ތަހައްމަލް ކުރަން ޖެހޭ މިންވަރު ގިނައެވެ. މިގޮތުން މިއަދުވެސް ފަލަސްތީނުގެ ނަބްލުސްގައި ހިނގި އޮޕަރޭޝަނެއްގައި އިސްރާއިލުގެ ސިފައިންވަނީ ފަލަސްތީނުގެ ޒުވާނަކު ޝަހީދުކޮށްލައިފައެވެ.

ދައުރުވަމުން އަންނަ ވީޑިއޯގައި ފެނިގެންދަނީ މިއަދު ހެނދުނު ނަބްލުސްގައި ޝަހީދުކޮށްލި ފަލަސްތީނުގެ ޒުވާނާގެ ދަރިފުޅު ބައްޕަގެ ހަށިގަނޑު ކައިރީ ހުރެ ރޮމުން ދާ މަންޒަރެވެ. އަދި ރޮމުން ރޮމުން "މިއީ އަހަރެންގެ ބައްޕަ. ބައްޕަ މިހާރު ފެންނަނީ ވަރަށް އުފާވެރިކޮށް" ކަމަށް އެކުއްޖާ ބުނެއެވެ.

އިސްރާއީލުން ހުއްޓުމެއް ނެތި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާ ދެމުންދާއިރު، ދާދިފަހުން ފަލަސްތީނުގެ ފައިސަލް ހުސައިނީ ފުޓުބޯޅަ ސްޓޭޑިއަމްގައި ފައިނަލް މެޗެއް ކުޅެމުން ދަނިކޮށް  އެ ސްޓޭޑިއަމަށް ވިހަ ގޭސްތަކެއް އަޅައިލައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!