މެދުއިރުމަތި ދުނިޔެ

އިސްރާއީލު ސިފައިން އަޤްސާ މިސްކިތަށްވަދެގަނެ، ފަލަސްތީނު ރައްޔިތުން ގަދަކަމުން ނެރެފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ހައްދު ފަހަނަ އަޅައިފައިވާ އިސްރާއިލު ސިފައިން، މުސްލިމުންގެ މުޤައްދަސް އަޤްސާ މިސްކިތުގައި ނަމާދުކުރަން ތިބި ފަލަސްތީނު ރައްޔިތުންނަށް ހުރަސް އަޅައި، ގަދަކަމުން އެ ސަރަހައްދުން ނެރެފިއެވެ.

Ads by Sosun Fihaara

ފަލަސްތީނުގެ ޚަބަރުތައް ގެނެސްދޭ "ފަލަސްތީން އޮންލައިން" އިން ބުނެފައިވާގޮތުގައި މި ރޯދަމަހު އިސްރާއިލުން ދަނީ މިގޮތަށް މިސްކިތުގައި އަޅުކަމުގައި ތިބޭ މީހުނަށް އުނދަގޫކޮށް މިސްކިތުން ބޭރުކުރަމުންނެވެ.

ކޮންމެ އަހަރެއްގެ ރޯދަމަހު އިސްރާއިލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުން އަންނަ ދުއްތުރާތަކާއި ފުރައްސާރަތައް އިތުރުކުރެއެވެ. މީގެ ކުރިންވެސް ރޯދަމަހާއި ދިމާކޮށް ތަކުރާރުކޮށް އިސްރާއީލުން ވަނީ ފަލަސްތީނަށް ހަމަލާދީ ގިނަ ޤަތުލްއާއްމުތަކެއް ހިންގައި، ލާއިންސާނީ އެތައް ޖަރީމާތަކެއް ހިންގައިފައެވެ.

މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހުވެސް އިސްރާއީލުންވަނީ ފަލަސްތީނުގެ ޒުވާނެއް ގަޔަށް ބަޑި ޖަހައި ޝަހީދުކޮށްލައިފައެވެ.

މީގެ އިތުރުން މިރޯދަމަހުވެސް އެކިއެކި ސަބަބުތައް ދައްކައި އިސްރާއިލުން ދަނީ ފަލަސްތީނުގެ ޒުވާނުން ޝަހީދުކުރަމުންނެވެ.

އިސްރާއީލުން ހުއްޓުމެއް ނެތި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާ ދެމުންދާއިރު، ދާދިފަހުން ފަލަސްތީނުގެ ފައިސަލް ހުސައިނީ ފުޓުބޯޅަ ސްޓޭޑިއަމްގައި ފައިނަލް މެޗެއް ކުޅެމުން ދަނިކޮށް  އެ ސްޓޭޑިއަމަށް ވިހަ ގޭސްތަކެއް އަޅައިލައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!